އޮންލައިން ކުލާސްތަކުގެ ޢާންމު ޤަވާއިދުތަކާއި އުޞޫލުތައް!

 

  1. ކުލާހަށް ދަރިވަރުން ވެއްދުން:
  • ކުލާސްތަކަށް ދަރިވަރުން ވެއްދޭނީ ޤުރްއާން ކުލާހުގައި ބައިވެރިވާން އެދޭ އޮންލައިން ފޯމް ފުރިހަމަކޮށް ހުށަހެޅުމަށްފަހު ރެޖިސްޓްރޭޝަން ފީ ދެއްކުމަށް، އެންގުމުން ރެޖިސްޓްރޭޝަން ފީއަށް ވާ ފައިސާ ދެއްކުމުންނެވެ.
  • ޤުރްއާން ކުލާހަށް ދަރިވަރުން ވެއްދުމަށް ވަކި ދުވަސްވަރެއް ކަނޑައެޅިފައި ނުވާނެއެވެ. އަހަރުގެ ކޮންމެ ހިސާބަކުންވެސް ކުލާހަށް ކުދިން ނެގުމަށް އިޢުލާން ކުރުމުން ކުލާހަށް ވަދެވިދާނެއެވެ.

 

  1. ކުލާހަށް ޙާޟިރުވުމާއި ކުލާސްތެރޭގެ ޤަވާއިދު:

  • އޮންލައިންކޮށް ކިޔަވާ ދަރިވަރުން ކުލާހަށް ހާޟިރުވާނީ އިންސްޓިޓިއުޓްގެ ޕޯރޓަލް މެދުވެރިކޮށް ލިބެން އިންނަ ގޫގްލް މީޓް ނުވަތަ މައިކްރޯސޮފްޓް ޓީމްސްގެ ލިންކުންނެވެ. ވައިބަރ ގްރޫޕްގައި ލިންކު ޙިއްސާ ނުކުރާނެއެވެ.
  • ވައިބަރ ގްރޫޕްގައި ލިންކު ޙިއްސާ ކުރާނީ ޕޯރޓަލްގެ ލިންކުގެ މައްސަލައެއް ދިމާވުމުގެ ސަބަބުން ކުލާހުގެ ހުރިހައި ދަރިވަރުންނަށް ކުލާހަށް ނުވަދެވިއްޖެ ހާލަތުގައެވެ.
  • ހުރިހައި ކުދިންވެސް ގަޑިއަށް ކުލާހަށް ހާޞިރުވާންވާނެއެވެ. ގަޑިއަށް ކުލާހަށް ޙާޟިރު ނުވެވޭނަމަ އެންމެ ލަސްވެގެން މުދައްރިސަށް 10 މިނެޓް ކުރިން އަންގަންވާނެއެވެ.
  • ކުލާސް ގަޑިޖެހުމަށް ފަހު 10 މިނެޓް ވަންދެން މުދައްރިސް، ދަރިވަރުން ކުލާހަށް ވަދޭތޯ މަޑުކޮށްލާނެއެވެ. އެއްވެސް ކުއްޖަކު ނުވަންނަ ނަމަ އެދުވަހު ކުލާސް ނިންމާލާނެއެވެ.
  • ހިފްޡު ކުލާސްތައް ފިޔަވައި އޮންލައިންކޮށް ކިޔަވާ ކުދިން ވީޑިއޯ އޮންކުރުމަކީ އިޚްތިޔާރީ ކަމެކެވެ. ބޭނުން ނަމަ ވީޑިއޯ އޮފްކޮށްގެންވެސް ކިޔެވޭނެއެވެ.
  • އޮންލައިންކޮށް ކިޔެވި ނަމަވެސް ކުލާހަށް ޙާޟިރުވާން ވާނީ އައުރަނިވާ ވާ ވަރުގެ ހެދުމެއްގައެވެ. އަންހެން ދަރިވަރުން ބުރުގާއަޅަންވާނެއެވެ.
  • ކުލާހުގައި ކިޔަވަމުންދާ ވަގުތު ނުވަތަ މުދައްރިސް ފިލާވަޅު ނަގައިދޭ ވަގުތު އެހެނިހެން މަސައްކަތް ކޮށްގެން ނުވާނެއެވެ.

 

 

  1. އޮންލައިން ޤުރްއާން ކުލާސްތަކުގެ ބާވަތާއި، ފީ އަދި ވަގުތު ކަނޑައެޅިފައިވާގޮތް.

  • އޮންލައިންކޮށް ވަކިވަކިން ޤުރްއާން ކިޔަވާ ދަރިވަރުން ހަފްތާއަކު 2 ދުވަހު ކިޔަވާނަމަ އެންމެ ގިނައިން ނެގޭނެ މަހު ފީ އަކީ 700ރ އެވެ. އަދި ކުލާހުގެ ދިގު މިނަކީ ގިނަވެގެން 30 މިނެޓެވެ. މި ޢަދަދަށް ވުރެ މަދުން ފީ ނެގުމާއި ނުނެގުމުގެ އިޚްތިޔާރު ކުލާހުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ.
  • އޮންލައިންކޮށް ވަކިވަކިން ޤުރްއާން ކިޔަވާ ދަރިވަރުން ހަފްތާއަކު 3 ދުވަހު ކިޔަވާނަމަ އެންމެ ގިނަވެގެން ނެގޭނެ މަހު ފީއަކީ 1200ރ އެވެ. އަދި ކުލާހުގެ ދިގުމިނަކީ ގިނަވެގެން 30 މިނެޓެވެ.
  • އޮންލައިން ކޮށް ވަކިވަކިން ޤުރްއާން ކިޔަވާ ދަރިވަރުން ހަފްތާއަކު 5 ދުވަހު ކިޔަވާނަމަ އެންމެ ގިނަވެގެން ނެގޭނެ މަހު ފީ އަކީ 1800ރ އެވެ. އަދި ކުލާހުގެ ދިގުމިނަކީ ގިނަވެގެން 30 މިނެޓެވެ.
  • އޮންލައިންކޮށް ގްރޫޕް ކުލާހުގައި ކިޔަވާ ދަރިވަރުން ހަފްތާއަކު 3 ދުވަހު ކިޔަވާނަމަ އެންމެ ގިނަވެގެން ނެގޭނެ މަހު ފީ އަކީ 500ރ އެވެ. މި ޢަދަދަށްވުރެ މަދުން ފީ ނެގުމާއި، ނުނެގުމުގެ އިޚްތިޔާރު އިންސްޓިޓިއުޓްގެ ވަރިޔާއަށް ލިބިގެންވެއެވެ. އަދި ކުލާހުގެ ދިގުމިން ކަނޑައަޅާނީ ކުލާހަށް ދަރިވަރުން ޙާޞިރުވާ ޢަދަދަށް ބަލާފައެވެ. އެގޮތުން މަދުވެގެން 8 ދަރިވަރުން ޙާޟިރުވާ ނަމަ 50 މިނެޓެވެ. 8 ދަރިވަރުންނަށް ވުރެ މަދުން ޙާޟިރުވާ ނަމަ އެދުވަހެއްގެ ފިލާވަޅު ނިމުމުން ކުލާސް ނިންމާލުމުގެ އިޚްތިޔާރު މުދައްރިސަށް ލިބިގެން ވެއެވެ.
  • އޮންލައިންކޮށް ގްރޫޕް ކުލާހުގައި ކިޔަވާ ދަރިވަރުން ހަފްތާއަކު 5 ދުވަހު ކިޔަވާނަމަ އެންމެ ގިނަވެގެން ނެގޭނެ މަހު ފީ އަކީ 850ރ އެވެ. މި ޢަދަދަށްވުރެ މަދުން ފީ ނެގުމާއި ނުނެގުމުގެ އިޚްތިޔާރު ކުލާހުގެ ވަރިޔާއަށް ލިބިގެންވެއެވެ. އަދި ކުލާހުގެ ދިގުމިން ކަނޑައަޅާނީ ކުލާހަށް ދަރިވަރުން ޙާޞިރުވާ ޢަދަދަށް ބަލާފައެވެ. އެގޮތުން މަދުވެގެން 8 ދަރިވަރުން ޙާޟިރުވާ ނަމަ 50 މިނެޓެވެ. 8 ދަރިވަރުންނަށް ވުރެ މަދުން ޙާޟިރުވާ ނަމަ އެދުވަހެއްގެ ފިލާވަޅު ނިމުމުން ކުލާސް ނިންމާލުމުގެ އިޚްތިޔާރު މުދައްރިސަށް ލިބިގެން ވެއެވެ.
  • މުބާރާތަށް ފަރިތަ ކުރުން ނުވަތަ އިމްތިޙާނަށް ފަރިތަކުރުމަށް އޮންލައިންކޮށް ވަކިވަކިން ކިޔަވާ ދަރިވަރުން 15 ދުވަހަށް ވުރެމަދު ދުވަހަށް ކުލާސް ކުރިޔަށް ގެންދަން ބޭނުނު ނަމަ ފީ ކަނޑައެޅޭނީ ކޮންމެ ދުވަހަކު ނަގާ ކުލާހުގެ އަދަދަށެވެ. ކޮންމެ 30 މިނެޓްގެ ގަޑިއަކަށް 125ރ އެވެ.

 

  1. ޤުރޫޕް ކުލާސްތަކުގައި އެއް ކުލާހެއްގައި ކިޔަވާނެ ދަރިވަރުން ޢަދަދު.

  • ޙިފްޡުކުލާސްތަކުގައި އެންމެ ގިނަވެގެން އެއް ކުލާހެއްގައި ކިޔަވާނީ 10 ދަރިވަރުންނެވެ. އަދި މަދުވެގެން ކުލާހެއްގައި ކިޔަވާނީ 5 ދަރިވަރުންނެވެ. 5 ދަރިވަރުންނަށް ވުރެ މަދުވާ ކުލާސްތަކުގެ ދަރިވަރުން އެހެން ކުލާސްތަކަށް ބަދަލު ކުރެވޭނެއެވެ.
  • ޚަތިމް ކުލާސްތަކުގައި އެންމެ ގިނަވެގެން ކުލާހެއްގައި ކިޔަވާނީ 10 ދަރިވަރުންނެވެ. މަދުވެގެން ކުލާހެއްގައި ކިޔަވާނީ 5 ދަރިވަރުންނެވެ. 5 ދަރިވަރުންނަށް ވުރެ މަދުވާ ކުލާސްތަކުގެ ދަރިވަރުން އެހެން ކުލާސްތަކަށް ބަދަލު ކުރެވޭނެއެވެ.
  • ތަޖުވީދު މަރުޙަލާ ކުލާސްތަކުގައި އެންމެ ގިނަވެގެން ކިޔަވާނީ 12 ދަރިވަރުންނެވެ. މަދުވެގެން ކިޔަވާނީ 5 ދަރިވަރުންނެވެ. 5 ދަރިވަރުންނަށް ވުރެ މަދުވާ ކުލާސްތަކުގެ ދަރިވަރުން އެހެން ކުލާސްތަކަށް ބަދަލު ކުރެވޭނެއެވެ.
  • ތިލާވާ ކުލާސްތަކުގައި އެންމެ ގިންވަގެން ކިޔަވާނީ 10 ދަރިވަރުންނެވެ. މަދުވެގެން ކިޔަވާނީ 5 ދަރިވަރުންނެވެ. 5 ދަރިވަރުންނަށް ވުރެ މަދުވާ ކުލާސްތަކުގެ ދަރިވަރުން އެހެން ކުލާހަކަށް ބަދަލުކުރެވޭނެއެވެ.
  • ޢަންމާފޮތް ކުލާސްތަކުގައި އެންމެ ގިނަވެގެން ކިޔަވާނީ 8 ދަރިވަރުންނެވެ. މަދުވެގެން ކިޔަވާނީ 4 ދަރިވަރުންނެވެ. 4 ދަރިވަރުންނަށް ވުރެ މަދުވާ ކުލާސްތަކުގެ ދަރިވަރުން އެހެން ކުލާސްތަކަށް ބަދަލު ކުރެވޭނެއެވެ.
  • ފިލި އަދި ކަލިމަ ކުލާސްތަކުގައި އެންމެ ގިނަވެގެން ކިޔަވާނީ 5 ދަރިވަރުންނެވެ. މަދުވެގެން ކިޔަވާނީ 3 ދަރިވަރުންނެވެ. 3 ދަރިވަރުންނަށް ވުރެ މަދުވާ ކުލާސްތަކުގެ ދަރިވަރުން އެހެން ކުލާސްތަކަށް ބަދަލު ކުރެވޭނެއެވެ.
  • ޤުރްއާން މުބާރާތަށް ފިރިތަކުރާ ކުލާސްތަކުގައި އެންމެ ގިނަވެގެން ކިޔަވާނީ 10 ދަރިވަރުންނެވެ. މަދުވެގެން ކުލާހެއްގައި ކިޔަވާނީ 5 ދަރިވަރުންނެވެ. 5 ދަރިވަރުންނަށް ވުރެ މަދުވާ ކުލާސްތަކުގެ ދަރިވަރުން އެހެން ކުލާސްތަކަށް ބަދަލު ކުރެވޭނެއެވެ.

 

 

  1. ކުލާހުގެ މުޤައްރަރު އަދި ކުލާސް ކުރިޔަށް ގެންދިއުން:

  • ކޮންމެ ކުލާހެއްގައިވެސް ކިޔަވައިދޭނެ މުޤައްރަރާއި ކިޔަވައިދޭނެ އުޞޫލު ކަނޑައަޅާނީ އިންސްޓިޓިއުޓުންނެވެ.
  • އިންސްޓިޓިއުޓުގައި ހިންގާ ހުރިހައި ކުލާސްތަކެއްގައި، ވަކިން އެ ކުލާހަކާއި ގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކެއް ކަނޑައެޅިފައިވާނެއެވެ. އެ ކުލާހެއްގެ ޤަވާއިދުތައް އެ ކުލާހެއްގައި ކިޔަވާ ކުދިން ނުވަތަ ކުދިންގެ ބެލެނިވެރިންނާއި ޙިއްސާ ކުރެވޭނެއެވެ.
  • ކުލާހުގެ މުޤައްރަރާއި ކިޔަވައިދޭ އުޞޫލާއިމެދު ހިންހަމަނުޖެހޭ ނަމަ ދަރިވަރުން ނުވަތަ ބެލެނިވެރިންގެ ޚިޔާލު، އިންސްޓިޓއުޓަށް ހުށަހެޅިދާނެއެވެ. ޚިޔާލު ހުށަހަޅަންވާނީ ޕްރައިވޭޓް މެސެޖަކުންނެވެ. އަދި އިންސްޓިޓިއުޓުން އެ ޚިޔާލަށް ނުވަތަ ހުށަހެޅުމަށް ގޮތެއް ނިންމައި ޢަމަލު ކުރާނީ އިންސްޓިޓިއުޓްގެ މުދައްރިސުންނާއި އިސްވެރިން މަޝްވަރާ ކުރުމަށްފަހު، އެއީ ރަނގަޅު ބަދަލެއް ކަމަށް ފެންނަ ނަމައެވެ.

 

  1. ފީ ދެއްކުން އަދި ފީ ބަލައިގަތުމާއި ރީ ފަންޑުކުރުން:
  • ކުލާހަށް ފީ ދައްކަން ޖެހޭނީ ކޮންމެ މީލާދީ މަހެއްގެ ކުރިއަށެވެ. ވީމާ ކުލާހަށް ދަރިވަރު ރެޖިސްޓަރ ވާ އިރު ރެޖިސްޓްރޭޝަން ފީ އާއިއެކު ކުރިއަށް އޮތް މަހަށް ފީ ދައްކަން ވާނެއެވެ.
  • ކޮންމެ ކުލާހަކަށް ކަނޑައެޅިފައިވާ ފީ ކޮންމެ މީލާދީ މަހެއް ފެށުމުން ދައްކަވަންވާނެއެވެ.
  • ކޮންމެ މީލާދި މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހުގެ ފީ ދައްކަވަން ވާނެއެވެ.
  • 10 ވަނަ ދުވަހުގެ ކުރިން ފީ ދެއްކުމަށް އުޒުރުވެރިވާ ފަދަ ކަމެއް ދިމާވެއްޖެނަމަ 08 ވަނަ ދުވުގެ ކުރިން އެކަން އަނގަންވާނެއެވެ.
  • އިންސްޓިޓިއުޓަށް ދައްކަން ޖެހޭ ހުރިހައި ފީއެއްވެސް ދައްކަން ޖެހޭނީ އޮންލައިންކޮށް ޓްރާންސްފަރ ކޮށްގެންނެވެ. ފީ ޓްރާންސްފަރ ކުރާނެ އެކައުންޓްގެ މަޢުލޫމާތު ހުރިހައި ބެލެނިވެރިންނާއި ޙިއްސާކުރެވޭނެއެވެ.
  • އެއްވެސް އުޒުރެއް ދިމާވެގެން އެންގުމަކާއި ނުލައި 10 ވަނަ ދުވަހުގެ ކުރިން ފީ ނުދައްކައިވާނަމަ 11 ވަނަ ދުވަހުން ފެށިގެން އެދަރިވަރަށް ކުލާހަށް ވަދެވޭނީ ފީދެއްކުމުންނެވެ.
  • އެއްވެސް އުޒުރެއް ދިމާވެ ފީ ނުދައްކައި ދަރިވަރަކަށް ކުލާހުގައި ކިޔެވޭނީ 30 ދުވަސް ނުވަތަ 1 މަސް ވަންދެނެވެ. 1 މަސް ހަމަވުމުން ފީ ނުދައްކާ ނަމަ އެކަން ބެލެނިވެރިޔާއަށް އަންގައި އެ ދަރިވަރަކު ކުލާހުން ވަކި ކުރެވޭނެއެވެ. އަދި ކުރިން ފީ ނުދައްކައި އޮތް 1 މަސް ދުވަހުގެ ފީ ޤުރްއާން ކުލާހަށް ވީ އެންމެ އަވަހަކަށް ދައްކަވަންވާނެއެވެ.
  • ފީ ނުދައްކައި އޮވެ އެއްވެސް ކަމެއް ދިވާވެގެން ޤުރްއާން ކުލާހުން ދަރިވަރު ވަކި ކުރާނަމަ އެ ދަރިވަރަކު އެ ވަކި ކުރި ދުވަހާއި ހަމައަށް ފީ ދައްކައި ޚަލާޞް ކުރަންވާނެއެވެ.
  • ފީ ރީފަންޑް ކުރެވޭނީ އިންސްޓިޓިއުޓަށް ފީދައްކައިފައި ވަނިކޮށް ކުދިން ހަމަނުވުމުގެ ސަބަބުން ކުލާސް ނުފެށޭ ޙާލަތުގައެވެ.
  • ކުލާހުގައި ކިޔަވަމުން ދާ ދަރިވަރަކު ފީ ދެއްކުމަށް ފަހު ކުލާހަށް ޙާޞިރު ނުވެ ކުލާހުން ވަކިވާން ބޭނުންވި ނަމަވެސް ފީ ރީފަންޑް ނުކުރެވޭނެއެވެ.
  • ކުލާހަށް ފީ ދެއްކުމަށްފަހު 1 ދުވަހު ކުލާހަށް ޙާޞިރުވެފައިވާ ދަރިވަރަކު، އެއްވެސް ކަމެއް ދިމާވެގެން ކުލާހުން ވަކިވި ނަމަވެސް އެމަހުގެ ފީ ރީފަންޑް ނުކުރެވޭނެއެވެ.
  • ކުލާހުގެ ޕޯޓަލްއަށް ވަންނާނެ ގޮތް އޮޅުން ނުފިލުވައި އޮވެ ބެލެނިވެރިޔާގެ އިހުމާލުން ކުލާހުގެ ޕޯޓަލްއަށް ނުވަދެވުމުގެ ސަބަބުން ގެއްލޭ އެއްވެސް ކުލާހަކަށް ރީފަންޑް ނުކުރެވޭނެއެވެ.
  • ޕްރޮމޯޝަން ތަކުގައި، ފީ ކުޑަ ކޮށްފައި ވަނިކޮށް، އިތުރަށް ފައިސާ ދެއްކިފައިވަނީ ބެލެނިވެރިޔާގެ އިހުމާލުން އިންވޮއިސް ބަލައިނުލުމުގެ ސަބަބުން ނުވަތަ ކުލާހުގެ ޕޯރޓަލްގެ ނޯޓިސްބޯރޑް ބަލައި ނުލައިއޮތުމުން، މަޢުލޫމާތު ނޭނގި ކަމަށް ވިނަމަވެސް ފީ ރީފަންޑް ނުކުރެވޭނެއެވެ.

 

  1. ފީ އިން އުނިކުރުން:

  • ސަރުކާރު ބަންދު ދުވަސްތަކާއި ޢީދު ފަދަ މުނާސަބަތުތަކާއި ގުޅިގެން ޤުރްއާން ކުލާސް ބަންދުވާ ދުވަސްތަކަށް ޤުރްއާން ކުލާހުގެ ފީއިން އެއްވެސް މިންވަރެއް އުނި ނުކުރެވޭނެއެވެ.
  • ރަށުން ކަރަންޓު ދިއުން ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ޤުރްއާން ކުލާސް ބަންދުވާ ދުވަސްތަކަށް ޙާލަތަށް ރިޢާއަތް ކޮށް ޤުރްއާން ކުލާހުން ކަނޑައަޅާ ފީއެއް ދައްކަވަންވާނެއެވެ.
  • ކުލާސް ކުރިޔަށް ދިޔަ ނަމަވެސް ދަރިވަރު އުޒުރުވެރިވެގެން ކުލާހަށް ޙާޟިރު ނުވާ އެއްވެސް ދުވަހަކަށް ފީއިން މިންވަރެއް އުނި ނުކުރެވޭނެއެވެ.
  • އިސްކޫލު ބޮޑު ބަންދާއި ދިމާކޮށް ޤުރްއާން ކުލާސް ކުރިއަށް ގެންދިއުމާއި ނުގެންދިއުން ވަނީ އިންސްޓިޓިއުޓްގެ އިސް ވެރިޔާގެ ބާރުގެ ދަށުގައެވެ. އެގޮތުން ކުލާސް ބަންދު ކުރި ނަމަވެސް ޤުރްއާން ކުލާހުގެ ފީ އިން މިންވަރެއް އުނި ނުކުރެވޭނެއެވެ.
  • އިސްކޫލު ބޮޑު ބަންދުގައި ޤުރްއާން ކުލާހުގެ ކިޔެވުން ކުރިޔަށް ދިޔަ ނަމަވެސް ދަރިވަރުން ކުލާހަށް ޙާޞިރުނުވުމަކީ ފީއިން އެއްވެސް މިންވަރެއް އުނި ކުރެވޭނެ ޙާލަތެއް ނޫނެވެ.
  • ޤުރްއާން ކުލާހުގެ އަމިއްލަ ބޭނުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ކުލާހެއް ކެންސަލް ކުރާނަމަ އެ ގަޑިތަކަށް ނިޞްބަތުން ޖެހޭ މިންވަރު ބަލާ ކުރިއަށް އޮތް މަހުގެ ފީއިން އުނިކުރެވޭނެއެވެ.
  • މުދައްރިސަށް ކަމެއް ދިމާވެގެން ނުވަތަ ބަލިވެގެން ވިޔަސް ކުލާހެއް ކެންސަލް ކޮށް އެ ކުލާސް މަސްނިމުމުގެ ކުރިން ނަގައިދެވިފައި ނުވާނަމަ ނިޞްބަތުން އެ ގަޑިއަކަށް ޖެހޭ މިންވަރު ބަލައި ކުރިއަށް އޮތް މަހުގެ ފީ އިން އުނިކުރެވޭނެއެވެ.
  • އިސްވެ ދެންނެވުނު ޙާލަތްތަކުގައި ފީ އިން އުނި ކުރަންވާނީ އެ މަހެއްގައި ކިޔަވައިދޭން ކަނޑައެޅިފައިވާ އެންމެ މަދު އަދަދަށް ކުލާސް ނެގިފައި ނުވާނަމައެވެ. ހަފްތާ އަކު 3 ދުވަހު ކިޔަވައިދޭ ކުލާސްތަކުގައި މަހަކު 12 ދުވަސް މަދުވެގެން ހަމަ ނުވާނަމައެވެ. އަދި ހަފްތާއަކު 5 ދުވަހު ކިޔަވައިދޭ ކުލާސްތަކުގައި މަހަކު 20 ދުވަސް މަދުވެގެން ހަމަ ނުވާނަމައެވެ.
  • ދަރިވަރަކަށް ބޮޑު ބައްޔެއް ޖެހުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ހަށިގަނޑުގެ ގުނަވަނެއް ބިނދުން ފަދަ ބޮޑު ކަމެއް ދިމާ ވެގެން ކުލާހަށް ޙާޟިރު ނުވެވޭނަމަ ޙާޟިރު ނުވެވުނު ދުވަސްތަކަށް އެ ދަރިވަރަކު އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

 

 

  1. ކުލާހުން ދަރިވަރު ވަކިކުރުން:

  • ޤުރްއާން ކުލާހުން ދަރިވަރުން ވަކި ކުރެވޭނީ ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލުތަކަށް ޢަމަލު ނުކުރާ ނަމަ 2 ފަހަރު ނަޞޭޙަތްތެރި ވުމަށްފަހު އިޞްލާޙް ނުކުރެވިއްޖެ ނަމައެވެ.
  • ފީ ދެއްކުމުގެ ޤަވާއިދުގެ ދަށުން އެއްވެސް އެނގުމަކާއި ނުލައި 10 ވަނަ ދުވަހުގެ ކުރިން ފީ ނުދައްކާނަމަ ޤުރްއާން ކުލާހުން ނަޞޭޙަތްތެރި ވުމަކާއިނުލައި އެ ދަރިވަރު ވަކި ކުރެވޭނެއެވެ.
  • އިންސްޓިޓިއުޓަށް އެއްވެސް އެންގުމަކާއި ނުލައި 5 ދުވަހަށް ވުރެ ގިނަ ދުވަހު ދަރިވަރަކު ކުލާހަށް ޙާޟިރު ނުވާނަމަ ޤުރްއާން ކުލާހުން ދަރިވަރު ވަކި ކުރެވޭނެއެވެ.
  • މަހުގެ ވަކި ހިސާބަކަށް ކިޔެވުން ކުރިޔަށް ގެންދިއުމަށްފަހު ދަރިވަރު ނުވަތަ ބެލެނިބެރިޔާގެ އެދުމުގެ މަތީން ޤުރްއާން ކުލާހުން ދަރިވަރު ވަކިކުރާނަމަ އެ މަހަކަށް ފީ ދައްކައިފައި ވިޔަސް ރީ ފަންޑް ނުލިބޭނެއެވެ. އަދި ކިޔަވަމުންދާ މަހަށް ފީ ދައްކައިފައި ނުވާ ނަމަ ކެނޑުނުކަން އެންގި ދުވަހާއި ހަމައަށް ފީ ދައްކަންވާނެއެވެ.

 

  1. ކުލާހުގެ ޓަރމް ބެހިފައިވާ ގޮތާއި ބަންދު ދުވަސްތައް.

  • ކިޔަވައިދޭނީ 2 ޓަރމަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޓަރމް ކިޔަވައިދޭނީ އޯގަސްޓް 10 އިން ޑިސެމްބަރ 30 އަށެވެ. ދެވަނަ ޓަރމްގައި ކިޔަވައިދޭނީ ޖަނަވަރީ 10 އިން ޖުލައި 10 އަށެވެ.
  • ބޮޑު ޗުއްޓީއަށް ޖުލައި 10 އިން އޯގަސްޓް 10 އަކަށް ހުރިހައި ކުލާސްތަކެއް ބަންދުވާނެއެވެ.
  • ފުރަތަމަ ޓާރމް ޗުއްޓީއަށް ޑިސެމްބަރ 30 އިން ޖަނަވަރީ 10 އަކަށް ހުރިހައި ކުލާހެއް ބަންދުވާނެއެވެ.
  • ޙިފްޡު ކުލާސްތަކާއި ރަމަޟާން މަހަށް ޚާއްޞަކޮށް ކުރިޔައް ގެންދާ ކުލާސްތައް ފިޔަވައި ހުރިހައި ކުލާހެއް ރަމަޟާން މަހު ބަންދުވާނެއެވެ.
  • ފިޠުރު ޢީދުގެ މުނާޞަބާގައި 7 ދުވަސް ބަންދުވާނެއެވެ.
  • ޙައްޖު ދުވަހާއި އަޟުޙާ ޢީދުގެ މުނާޞަބާގައި 7 ދުވަސް ބަންދުވާނެއެވެ.
  • މުޙައްރަމް މަހުގެ 09 10 އަދި 11 ވަނަ ދުވަސް ބަންދުވާނެއެވެ.
  • މަތީގައި ދެންނެވުނު ދުވަސްތައް ފިޔަވައި ސަރުކާރު ބަންދުވާ އެއްވެސް ދުވަހެއްގައި ކުލާސްތައް ބަންދެއް ނުވާނެއެވެ.