ތަޢާރަފް:

މި ކުލާހަކީ 6 އަހަރާއި 15 އަހަރާއި ދެމެދުގެ ދެ ޖިންސުގެކުދިންނަށް ތަޖުވީދުގެ ޤަވާއިދުތައް ދަސްކޮށްދީ ތަޖުވީދުގެ ޤަވާއިދުތަކަށް ޢަމަލު ކުރަން ދަސްކޮށްދޭ ކުލާހެކެވެ. މި ކުލާހަކީ ލެވެލް ސެޓްފިކެޓެއް ދޭ ކުލާހެއް ނޫނެވެ.

 

  • މި ކުލާހުގައި ކޮންމެ ހަފްތާއަކު މަދުވެގެން 1 ތަޖުވީދުގެ ފިލާވަޅު ކިޔަވައިދެވޭނެއެވެ. އަދި ދަރިވަރުން ތިލާވާކުރާއިރު ޖެހޭ ތަޖުވީދުގެ ކުށްތައް ކިޔެވުމުގެ ތެރެއިން އިޞްލާޙް ކޮށްދެވޭނެއެވެ.
  • ތަޖުވީދު ކުލާސް ކުރިޔަށް ދާނީ 3 މަރުޙަލާއަކަށް ބަހާލައިގެންނެވެ.
  • ފުރަތަމަ މަރުޙަލާގައި 2 މަސް ނުވަތަ 40 ޕީރިއަޑް ކިޔަވައިދޭނެއެވެ.
  • ދެވަނަ މަރުޙަލާގައި 5 މަސް ނުވަތަ 100 ޕީރިއަޑް ކިޔަވައިދޭނެއެވެ.
  • ތިންވަނަ މަރުޙަލާގައި 5 މަސް ނުވަތަ 100 ޕީރިއަޑް ކިޔަވައިދޭނެއެވެ.
  • މި ކުލާހުގައި ކޮންމެ ދުވަހަކުވެސް ހުރިހައި ކުދިންނާއި ތަޖުވީދުން ކިޔަވައިދެވުނު ބައިތަކުން ސުވާލު ކުރެވޭނެއެވެ.
  • ކޮންމެ މަރުޙަލާއެއް ނިމުމުން ދަރިވަރުން ޓެސްޓް ކުރެވޭނެއެވެ.
  • ދަރިވަރުން ޓެސްޓްކުރެވޭނީ ކުލާހުގެ ތެރެއިން ސުވާލު ކޮށްގެނެވެ.
  • މުދައްރިސް ބޭނުންވެއްޖެ ނަމަ ކުލާސް ގަޑި ނޫން ވަގުތެއްގައި ވެސް ވަކި ވަކީން ދަރިވަރުން ޓެސްޓު ކުރެވިދާނެއެވެ.
  • މި ކުލާހުގައި ޤުރްއާން ހިފްޡުގެ ބައެއް ނޯންނާނެއެވެ.
  • މި ކުލާހުގައި ކިޔަވާނީ ތަޖުވީދު އަދި ތިލާވާ އެވެ.
  • މި ކުލާހުގައި ކިޔަވައިދޭނީ ހަފްތާއަކު 3 ދުވަހުއެވެ.
  • ކުލާހެއްގައި އެންމެ ގިނަވެގެން ކިޔަވާނީ 12 ކުދިންނެވެ. މަދުވެގެން 5 ކުދިންނެވެ.
  • 08 ކުދިންނަށް ވުރެ ކުދިން މަދުނަމަ އެ ދުވަހުގެ ފިލާވަޅު ނިމުމުން ކުލާސް ނިންމާލުމުގެ އިޚްތިޔާރު މުދައްރިސަށް ލިބިގެން ވެއެވެ.

 

  • މަޤްޞަދު:
    ޢަރަބި އަކުރުތަކުގެ މަޚްރަޖުތަކާއި ތަޖުވީދުގެ އަސާސީ ޤަވައިދުތަށް އަނގަބަހުން ބުނެދޭން ދަސްކޮށްދީ ތިލާވާ ކުރުމުގައި އެ ޤަވާއިދުތަކަށް ޢަމަލުކުރަން ދަސްކޮށްދިނުމެވެ.

 

  • ޙާޞިލްވާނެ މިންވަރު:
  • ޢަރަބި އަކުރުތަކުގެ މަޚްރަޖު އަނގަބަހުން ބުނެދޭނެ. އަދި އަކުރުގެ މަޚްރަޖުން ފުރިހަމައަށް އަދާކުރާނެ.
  • ޤުރްއާނުގައިވާ މުހިންމު ނިޝާންތަކާއި ނިޝާންތަކުން ދޭހަވާ މާނަ ދަސްކުރާނެ. އަދި ނިޝާނުން އަންގައިދޭގޮތަށް ފަރިތަކޮށް ކިޔަވާނެ.
  • ތަޖުވީދުގެ އެންމެހައި އަސާސީ ޤަވާއިދުތައްދަސްކޮށް އަނގަބަހުން ބުނެދޭނެ. އަދި އެ ޤަވާއިދުތަކަށް ޢަމަލުކޮށްގެން ފަރިތަކަމާއިއެކު ޤުރްއާން ކިޔަވާނެ.

 

  • މަރުޙަލާތަކުގައި ކިޔަވައިދޭނެ ބައިތައް
  1. މަރުޙަލާ 01

މަރުޙަލާ 01 ގައި ތަޖުވީދުން ކިޔަވައިދޭނެ ބައިތައް!

  1. ފިލި ފުރިހަމަ ކުރުން
  2. ބަރުއަކުރު
  3. ސުކުން ފުރިހަމަކުރުން
  4. ތަޝްދީދު ފުރިހަމަކުރުން
  5. މައްދުގެ އަކުރުތަކާއި ލީންގެ އަކުރުތައް
  6. ތަންވީނު
  7. ވަޤުފްގެ ނިޝާންތަކުގެ ދޭހަ

މަރުޙަލާ 01 ގައި ތިލާވާ ކުރާނީ ސޫރަތުއް ޟުޙާ އިން ސޫރަތުއް ނާސް ގެ ނިޔަލަށެވެ.

 

  1. މަރުޙަލާ 02

މަރުޙަލާ 02 ގައި ފުރތަމަ 2 މަހު ތަޖުވީދުން ކިޔަވާނެ ބައިތައް!

  1. މަޚްރަޖުގެ ތަޢާރަފާއި މަޚްރަޖު ބެހޭބައިތައް
  2. ب ގެ މަޚްރަޖް
  3. م  ގެ މަޚްރަޖް
  4. و ގެ މަޚްރަޖް
  5. ف ގެ މަޚްރަޖް
  6. ث ގެ މަޚްރަޖް
  7. ذ ގެ މަޚްރަޖް
  8. ظ ގެ މަޚްރަޖް

މަރުޙަލާ 2 ގެ ފަހު 3 މަހު ތަޖުވީދުން ކިޔަވާނެ ބައިތައް!

  1. ހ. ز س ص ގެ މަޚްރަޖު
  2. ت د ط ގެ މަޚްރަޖު
  3. ر ގެ މަޚްރަޖު ( ބަރު އަދި ލުއިވާ ޙާލަތްތައް )
  4. ن ل ގެ މަޚްރަޖު ( ﷲ ގެ ލާމު ބަރު އަދި ލުއިވާ ޙާލަތްތައް)
  5. ض ގެ މަޚްރަޖު
  6. ج ش ي ގެ މަޚްރަޖު
  7. ك ق ގެ މަޚްރަޖު
  8. غ خ ގެ މަޚްރަޖު
  9. ع ح ގެ މަޚްރަޖު
  • ء ه ގެ މަޚްރަޖު

މަރުޙަލާ 02 ގައި ތިލާވާ ކުރާނީ ފުރަތަމަ 2 މަހު ޣާޝިޔާއިން ލައިލްގެ ސޫރަތުގެ ނިޔަލަށެވެ. ފަހު 3 މަހު ނަބާ ސޫރަތުން އަޢްލާ ސޫރަތުގެ ނިޔަލަށެވެ.

 

  1. މަރުޙަލާ 03

މަރުޙަލާ 03 ގައި ތަޖުވީދުން ކިޔަވާނެ ބައިތައް!

  1. ތަޖުވީދުގެ ތައުރީފް
  2. ލަޙްނު
  3. ޤުރްއާން ކިޔެވޭ ދަރަޖަތައް
  4. އަޢޫޛު އާއި ބިސްމި ކިޔުން.
  5. ޞިފަ
  6. ތަފްޚީމް ތަރުޤީޤު
  7. ސުކުން ވެގެންވާ ނޫނާއި ތަންވީނުގެ ޙުކުމްތައް
  8. މީމުގެ ހުކުމް
  9. ލާމު ސުކުން
  10. މައްދު
  11. ހަމްޒާ

މަރުޙަލާ 03 ގައި ތިލާވާ ކުރާނީ ސޫރަތުލް ފާތިހާ އިން ސޫރަތުލް ބަޤަރާގެ 141 ވަނަ އާޔަތުގެ ނިޔަލަށެވެ.