މި ކުލާހަކީ ހަފްތާއަކު 6 ދުވަހު ކިޔަވާ ގޮތަށް ރަމަޟާން މަހު ކުރިޔަށް ގެންދާ ކުލާހެކެވެ. ހުކުރު ދުވަހު މި ކުލާހުގެ ކިޔެވުން ނޯންނާނެއެވެ. ކުލާހުގެ މަޤުޞަދަކީ ރަމަޟާންމަހު ޚަތިމް އެއްކޮށް ބަލައިގެން ކިޔަވައި ޚަތިމްކޮށް ނިންމާލުމެވެ. ކޮންމެ ކުލާހެއްގެ ކުދިންވެސް ކޮންމެ ދުވަހަކު 2 ގަޑިއެއްގައި ކުލާހަށް ވަންނަން ޖެހޭނެއެވެ. ޖުމްލަ 3 ގަޑި އިރު ހޭދަވާނެއެވެ. އަދި ކޮންމެ ގަޑިއެއްގައި ކުލާހުގައި މަދުވެގެން 10 ޞަފްޙާ ކިޔަވާނެއެވެ. ކުލާހަށް ފީ ދައްކަން ޖެހޭނީ ކުރިޔަށެވެ. ރަޖިސްޓްރީވާން ވަކި ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
ކުލާހުގެ ފީއަކީ 1000ރ އެވެ.
ކުލާހެއްގައި ގިނަވެގެން ކިޔަވާނީ 10 ދަރިވަރުންނެވެ.
