އޮންލައިން ޚަތިމް ކުލާސް
ތަޢާރަފް:
މި ކުލާހަކީ ޖުޒުއު ޢަންމާ ނިންމާފައި ޖުޒުއު 1 އިން ފަށައިން ޚަތިމް ކުރަން ކިޔަވާ 6 އަހަރުން މަތީ ކުދިންނަށް ޚާއްޞަ ކުރެވިފައިވާ ކުލާހެކެވެ.
- މި ކުލާހުގައި ތަޖުވީދުގެ ފިލާވަޅު ތަކެއް ކިޔަވައި ނުދޭނެއެވެ. އެހެން ނަމަވެސް ދަރިވަރުން ތިލާވާކުރާއިރު ޖެހޭ ތަޖުވީދުގެ ކުށްތައް ކިޔެވުމުގެ ތެރެއިން އިޞްލާޙް ކޮށްދެވޭނެއެވެ.
- މި ކުލާހުގައި ކޮންމެ ދަރިވަރަކަށް ވެސް ނަގައިދޭނީ ވަކި ފިލާވަޅެކެވެ.
- ކުރިން ޚަތިމް ކުރަން ކިޔަވަމުން ދިޔަ ހިސާބުންފަށަން ބޭނުންނަމަ އެހިސާބުން ފެށިގެންވެސް ކުރިޔަށް ދެވޭނެއެވެ.
- ފިލާވަޅުގެ ގޮތުގައި މުދައްރިސް އަޑުދަށުން ކިޔުއްވައި ނަގައިދެވޭނީ 4 ފޮޅުވަތެވެ.
- 4 ފޮޅުވަތަށްވުރެ އާޔަތް ދިގު ވެއްޖެނަމަ އެއާޔަތް ނިމެންދެން ފިލާވަޅު ނަގައިދެވޭނެއެވެ.
- ފިލާވަޅުގެ ގޮތުގައި މުދައްރިސް 4 ފޮޅުވަތް ނަގައިދިން ނަމަވެސް، ޖެހިގެން އަންނަ ދުވަހަށް 4 ފޮޅުވަތައްވުރެ އިތުރަށް ފަރިތަ ކުރެވިފައިވާ ނަމަ، 4 ފޮޅުވަތަށް ވުރެ ދިގުކޮށްވެސް ކިޔައިދެވޭނެއެވެ.
- ފިލާވަޅުގެ ގޮތުގައި ކޮންމެ ދުވަހަކު ފުރަތަމަ ބުރުގައި 1 ދަރިވަރަކަށް ގިނަވެގެން ކިޔައިދެވޭނީ 1 ޞަފްޙާ އެވެ.
- ކުލާހުގެ ހުރިހައި ކުދިންގެ ފިލާވަޅު ނިމި ބާކީ ވަގުތު އޮވެއްޖެ ނަމަ 1 ޞަފްޙާ އަށްވުރެ އިތުރަށް ކިޔައިދޭން ބޭނުން ކުދިންނަށް ފުރުޞަތު ދެވޭނެއެވެ.
- ކުލާހެއްގައި އެންމެ ގިނަވެގެން ކިޔަވާނީ 10 ކުދިންނެވެ. މަދުވެގެން 5 ކުދިންނެވެ.
- ކުލާހުގައި 10 ކުދިން ކިޔަވާނަމަ ކުލާހުގެ ގަޑީގެ ދިގު މިނަކީ 60 މިނެޓެވެ. 8 ކުދިން ކިޔަވާނަމަ 50 މިނެޓެވެ. 08 ކުދިންނަށް ވުރެ ކުދިން މަދު ނަމަ އެ ދުވަހުގެ ފިލާވަޅު ނިމުމުން ކުލާސް ނިންމާލުމުގެ އިޚްތިޔާރު މުދައްރިސަށް ލިބިގެން ވެއެވެ.
- މަޤްޞަދު:
މުޞްޙަފުން ފަރިތަކޮށް ކިޔަވަން ނޭނގޭ ނަމަވެސް ކަލިމަ ގުޅުވައިން ބަލައިން ކޮށިކޮށް ކިޔަވަން އިނގޭ ކުދިންނަށް ފިލާވަޅު ނަގާދީގެން އަކުރުތަކުގެ މަޚްރަޖުން ފަރިތަކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދީ ޚަތިމް ކުރުމެވެ.
- ޙާޞިލްވާނެ މިންވަރު:
- ޤުރްއާނުގެ ދެލިގަނޑު ބަލައިން ފަރިތަކޮށް ކިޔަވާނެ.
- ޢަރަބި އަކުރުތަކުގެ މަޚްރަޖުން ކިޔަވާނެ.