ލިޔުނީ: ޢަލީ އާސިރު

الحمد لله والصلاة والسلام على رسول الله صلى الله عليه وسلم

އެސްފީނާއަކީ ކޮބައިތޯ؟ ބައެއް މީހުން ދެކޭ ގޮތުގައި އެސްފީނާއަކީ އޭގައި އެއްވެސް ހަޤީގަތެއް ނުވާ ފްލޯކް ވާހަކަތަކެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެސްފީނާގެ ވާހަކަ ގިނަ ބޭފުޅުންނަށް އެނގިފައިވަނީ މުސްކުޅިންގެ ތުންތުންމަތިން ކަމުގައިވެސް ވާތީއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި މިވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް ފޯރާފައި ވަނީ ވަރަށް މަދުންކަމުގައިވެސް ވީމައެވެ. ނަމަވެސް އެސްފީނާއަކީ ހަޤީގަތެކެވެ. އޭގެ ސަަބަބުން ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިކުރުވާފާނެ ކަމެކެވެ. މިކަން ޤުރުއާނާއި ސުންނަތުގެ އަލީގައި ފެންނަން އެބަހުއްޓެވެ. އެހެން ކަމުން މި ފުރުޞަތުގައި އެސްފީނާގެ މާނަގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްތަކަށް ބަލައިލާނަމެވެ.

އެސްފީނާގެ ތަޢުރީފުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ” އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭ ހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކާ އަމާޒުވެ، އަޅައިގަނެ، އެ ނަފްސުގެ ވިހަ އެ ބަލައިލެވޭ އެއްޗަކަަށް ފޯރުވާ ފޯރުވުމެވެ” ( ޒާދުލް މަޢާދު 4/167)

އިބްނުލް މަންޒޫރު ވިދާޅުވާ ގޮތުގައި އެސްފީނާއަކީ ” ލޮލުގެ ވިހަ އެއްޗަކާ އަމާޒްވެ، އެ އެއްޗަކަށް ގެއްލުން ލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާ އާއި ދިމާލަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް “ބަލިވެ” އެވެ. ” ( ލިސާނުލް ޢަރަބި 13/301 )

އަލް ޙާފިޒު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. ” އެސްފީނާއަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލާ ބެލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަޘަރު އެއްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބުމެވެ. ” ( ފަތުޙުލް ބާރީ 10/200 )

މިކަމަކީ ބަައެއް މީހުން ޤަބޫލުކުރަން ދަތިކަމަކަށް ވެސް ވެފައިވެއެވެ. ނަމަވެސް މިކަމުގެ ހަޤީގަތް ޤުރުއާނުންވެސް ފެންނަ އެބަހުއްޓެވެ.ޤަލަމު ސޫރަތުގެ 51 އާާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައިގައި ވެއެވެ.

” كافر ވި މީހުން قرآن ގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ.”

އިބްނު އައްބާސާއި، މުޖާހިދާއި އަދި އެހެންވެސް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ” އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ.” އޮތް ބަސްފުޅުގެ މުރާދަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ގެ އިޒުނަ ފުޅާ ލައިގެން އެސްފީނާއަކީ އޮތް އެއްޗެއްކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަލިބެއެވެ. ( އިބުނު ކަޘީރު 4/408 )

އެސްފީނާއަކީ އޭގެ ސަބަބުން ވަރަށް ގިނަ ބޮޑެތި ކަންތައްތަކެއް މީހާއަށް ކުރިމަތިކުރުވާފާނެ ކަމެކެވެ. ސުންނަތުން މިކަމާއި ގުޅޭގޮތުން ހަދީޘްތައް ބަޔާންވެގެން އައިސްފައިވެއެވެ. އެހެންކަމުން މިކަމަކީ ހަޤީގަތެއްކަން ވަރަށް ސާފުކޮށްފެންނަން އެބައޮތެވެ. މިގޮތުން ތިރީގައި މި ބަޔާންކޮށްލަނީ މިފަދަ ބައެއް ހަދީޘްތަކެވެ.

އަބޫހުރައިރާ ރަޞިޔަﷲ ޢަންހު ރިވާކުރައްވާފައި ވެއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ” العَينُ حَقٌّ وَنَهَى عَنِ الْوَشْمِ ” މާނައީ: ” އެސްފީނާއަކީ ޙަޤީޤަތެކެވެ. އަދި ޓެޓޫޖެހުން އެކަލޭގެފާނު މަނާކުރެއްވިއެވެ.” ( ފަޠުޙުލް ބާރީ، ޞަޙީހް މުސްލިމް، ބާބުއް ޠިއްބު، އަބޫ ދާވޫދް )

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِنَّ الْعَيْنَ حَقٌّ ” މާނައީ: ” އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ! ” (އިބުނުމާޖާ، ބާބުލް ޠިއްބު؛ އަލް ޙާކިމް، އަލް މުސްތަދްރަކް. އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި)

އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” إِنَّ الْعَيْنَ لَتُوْلِعُ بِالرَّجُلِ بِإِذْنِ اللهِ حَتَّى يَصْعَدَ حَالِقًا فَيَتَرَدَّى مِنْهُ ” މާނައީ: ” މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ. ” (މުސްނަދް އަޙްމަދު؛ އަބޫ ޔަޢްލާޞަހީހުލްޖާމިޢު ، ގައި އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި).

އިޚްތިޔާރަކާއި އެކުވެސް ނުވަތަ އިޚްތިޔާރަކާއި ނުލައިވެސް އެސްފީނާ ޖެހިދާނެއެވެ. މީހަކު ހިތުގައި އެއްވެސް ކަހަލަ ގޯސް ނިޔަތެއް ނެތި ބުނާ ބުނުމަކުންވެސް އެސްފީނާ ޖެހިދާނެއެވެ. ބަލައިލާ ބުލުމަކުންވެސް މެއެވެ. އެހެންކަމުން މަތީގައި ބަޔާންވެދިޔަ ހަދީޘްތަކުގެ އަލީގައި އެސްފީނާއަކީ ކިހައި ނުރައްކާތެރި އެއްޗެއްކަން ހާމަވެގެން ހިނގައްޖެއެވެ.

ދެން އޮތީ ހަސަދައެވެ. ހަސަދަވެރިކަމަކީ ތިބާއަށް ލިބިފައިނުވާ ނިޢުމަތެއް އެހެންމީހަކަށް ލިބިފައިވުމުން، އެމީހަކަށް ލިބިފައިވާ ނިޢުމަތް ފިލާދިއުމަށް ތިމާ އެދޭ އެދުމެވެ. ނުވަތަ ތިބާގެ ހިތުގައި އެމީހަކާއި މެދު އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ތިމާއަށް ލިބޭ ނިޢުމަތެއް އަނެކާއަށް ލިބުމަށް ނޭދުމެވެ. މިކަމަކީ ބައެއް އިންސާނުންގެ ކިބައިގައިވާ ވަރަށް ނުބައި ސިފައެކެވެ. މިފަދަ މީހުންގެ ވާހަކަ ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ سورة الفلق

މާނައީ : ” އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.”

ބުޚާރީ އާއި މުސްލިމްގައި ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ.

އަނަސް ބިން މާލިކް ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ” ތިބާގެ އަމިއްލަ ނަފްސަަށް ލޯބިކުރާ ކަންތައްތައް ތިބާގެ އަޚާ ލޯބިކުރުމަށް ނޭދޭހައި ހިނދަކު ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަނުވާނެއެވެ “

އެސްފީނާއެއް ނުވަތަ ހަސަދެއްގެ އަޘަރުކޮށްފައިވާ މީހަކަށް ސިޙުރުޖެހިފައިވާނަމަ ސިޙުރަށް ފަރުވާކުރި ކަމުގައިވިޔަސް ގިނަފަހަރަށް ފަރުވާއެއް ނުލިބެއެވެ. އެހެންކަމުން އެސްފީނާ/ހަސދަައިގެ އަޘަރު ހަށިގަނޑުން މުޅިން ފިލުވާލުމަށްފަހުގައި މެނުވީ ސިޙުރަށް ފަރުވާ ނުކުރުމަކީ ބުއްދިވެރިގޮތެވެ.

ބަލިމީހާއަށް ޖެހިފައިވާ ރޫޙާނީ ބަލިމަޑުކަމަކަށް އެތައް އެހަރުތަކެއް ވަންދެން ފަރުވާކުރުމުގައި ހޭދަކުރަމުންދާ ގިނަ ބޭފުޅުންނަށް އަސްލު ފަރުވާ ނުލިބުމުގައި ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އެސްފީނާ/ހަސަދައިގެ އަޘަރު ހަށިގަނޑުން މުޅީން ފިލުވައިނުލެވުމެވެ. އާންމުގޮތެއްގައި ބަލިމީހުންގެ ގައިގައި ކުޑައިރުއްސުރެ ހުންނަ އެސްފީނާއެއްގެ އަޘަރު ހަށިގަނޑަށް ހިފައިފާ ހުރުމުގެ ސަބަބުންވެސް މެއެވެ.

ބަލިމީހާ އަމިއްލައަށް ފަރުވާކުރާކަމުގައިވާނަމަ، އާންމުގޮތެއްގައި ކޮންމެ ބޭފުޅަކުވެސް ބަލަނީ ކުރު ރުޤްޔާއެއްގެ ބޭނުންކޮށްގެން އަވަހަށް ރަނގަޅުވާނެ ގޮތަކަށެވެ. އެހެންކަމުން ތިރީގައި އަޅުގަނޑު މި ހިމަނާލަނީ އެސްފީނާ/ހަސަދައަށް ކުރެވިދާނެ ކުރު އަދި ފަސޭހަ ރުޤުޔާއެކެވެ. މި ރުޤުޔާއަކީ އަޅުގަނޑު އެތައް ބަލިމީހުންނަށް ތަޖުރިބާކޮށްފައިވާ އަދި ހަމައެހެންމެ ބަލިމީހުން އަމިއްލައަށްވެސް ތަޖުރިބާކޮށްފައިވާ ލުއި ފަރުވާއެކެވެ. އިންޝާ ﷲ މި ފަރުވާކޮށްގެން އެސްފީނާ/ހަސަދައިގެ އަޘަރުކޮށްފައިވާ މީހުންނަށް ފުރިހަމަ ޝިފާއެއް ލިބިގެންދާނެއެވެ.

ފަރުވާކުރާނެގޮތް

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (

يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّـهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾) سورة البقرة (

وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٩﴾) سورة البقرة (

أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا ﴿٥٤) سورة النساء(

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾) سورة الكهف (

وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾) سورة القلم(

الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ ) سورة الملك   (

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة  (

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس       (

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ )   سورة النحل   (

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت   (

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس  (

މަތީގައިވާ ރުޤްޔާ ރޯސްވޯޓަރ އަށް ކިޔެވުމަށް ފަހު ރޯސްވޯޓަރ ފުޅީގެ މަތިގަނޑަށް ފެންފޮދެއް އަޅައި ނުކިޔަވައި ހުރި ފެންތައްޓަކަށް އެއްކޮށްލުމަށްފަހު ފެންފޮދު ބަލިމީހާއަށް ބޯންދޭށެވެ. ރޯސްވޯޓަރ ފުޅީގައި ބާކީ ހުރިބައި 5 ލީޓަރުގެ ހުސްފުޅިއަކަށް އެއްކޮށްލުމަށްފަހު އާދައިގެ ފެންއަޅާ އެއްކޮށްލާށެވެ. އެއަށްފަހު މިފެނުން ބަލިމީހާ ފެންވަރާށެވެ. އަދި ބަލިމީހާ އަމިއްލައަށް މި ރުޤްޔާ ގިނަގިނައިން ކިޔަވާށެވެ. މިގޮތަށް މެދުނުކެނޑި 21 ދުވަސްވަންދެން ކުރިޔަށް ގެންދާށެވެ. ( ރޯސްވޯޓަރ ފުޅިއަކަށް ކޮންމެ ދުވަހަކު ކިޔެވުމުގެ ބަދަލުގައި ރޯސްވޯޓަރ ފުޅިތަކުގައިވާ ފެން އެއްޗަކަށް އެޅުމަށްފަހު މި ރުޤްޔާ ކިޔަވާލެވިދާނެއެވެ. އެއަށްފަހު ފުޅިތަކަށް ކިޔަވާފައި ހުރިފެން ނަގައި ފަރުވާ ކުރިޔަށް ގެންދެވިދާނެއެވެ.) ހަމައެހެންމެ ކާށިތެލަށް ނުވަތަ ޒައިތޫނި ތެލަށް މި ރުޤްޔާ ކިޔެވުމަށްފަހު ގައިގާ މި ތެޔޮ އުނގުޅާށެވެ. ( އެސްފީނާއަށް ފަރުވާކުރުމުގައި ކާށިތެލަށް ކިޔަވައިގެން ގައިގައި އުނގުޅުމުން ފަރުވާލިބުމުގައި އަވަސް ކުރިއެރުންތަކެއް އަންނަކަމުގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައިވެއެވެ. ) އިންޝާ ﷲ އެސްފީނާއާއި ހަސަދައިގެ އަޘަރު ހަށިގަނޑުން ނެތިގޮސް ބަލިމީހާއަށް ޖެހިފައިވާ ކަންތައް ރަނގަޅުވެދާނެތެވެ.

ނޯޓް : ރުޤްޔާ ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން މޮޅު އިތުރުވެގެން ވެއެވެ. މިގޮތުން 3 ފަހަރު ނުވަތަ 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.

މަޞްދަރު: ހީލިންގ ތުރޫ ރުޤްޔާ

ލިންކު: http://htruqya.com/archives/771

މައްޗަށްދޭ