ކީރިތި ޤުރްއާނުގެ ތަޢުރީފް:

ޤުރްއާނުގެ ލުޣަވީ މާނައަކީ: ކިޔެވުން / ލިޔެފައިވާ ކަލިމަތަކެއް ކިޔުމެވެ.

ޤުރްއާންގެ ޢިޞްތިލާޙީ މާނަ: ﷲ ސުބުޙާނަހޫ ވަތަޢާލާ ޖިބްރީލްގެ ފާނު މެދުވެރިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވާލެއްވި ސޫރަތުލް ފާތިޙާ އިން ފެށޭ ނާސް ސޫރަތައް ނިމޭ ކިޔެވުން އަޅުކަމެއް ކަމުގައި ލެއްވި، މުތަވާތިރިކޮށް އައިސްފައިވާ ﷲ ގެ ކަލާމް ފުޅެވެ.

  1. ކީރިތި ޤުރްއާނަށް ކިޔާ ނަންތައް:
      القرآن
    2. الفرقان
      3. الذّكر

ޤުރްއާން ބާވާލެއްވުން:

ކީރިތި ޤުރްއާން ބާވައިލެއްވުނީ 3 ފަހަރެއްގެ މަތީންނެވެ. އެއީ..

  1. ލަވްޙުލް މަޙްފޫޡް އަށް ބާވައިލެއްވުން.
  2. ލަވްޙުލް މަޙްފޫޡް އިން ބައިތުލް ޢިއްޒާ އަށް ބާވާލެއްވުން.
  3. ޖިބްރީލްގެފާނު މެދުވެރި ކުރަށްވައި ރަސޫލާގެ ހިތްޕުޅަށް ބާވައިލެއްވުން.

ރަސޫލާ އަށް ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ އެކި ފަހަރުމަތީން ލަސްލަހުންނެވެ. މި ފަދައިން ޤުރްއާން ބާވައިލެއްވުމުގެ ޙިކުމަތަކީ ކީރިތި ރަސޫލާގެ ހިތްޕުޅަށް ޘާބިތުކަން ގެނެސްދިނުމަށާއި، ދަސްކޮށް، ދެނެގަތުމަށް ފަސޭހަކޮށްދެއްވުމަށްޓަކައެވެ.