ރުޅި އަދަބުދެނީ އެމީހުންނަށްތޯ ނުވަތަ އޭނާއަށްތޯއެވެ؟ ރުޅިވެރިކަމާއި ނަފްރަތާއި ޙަސަދައިގެ ނުބައިކަމުން ތިބާގެ ހިތް ރައްކާތރިކޮށް ސާފުކުރާށެވެ. އެހެނީ ރުޅިއަކީ ޝައިޠާނާގެ ކަމެކެވެ. ޙަސަދައިގެ އަލިފާނުގެ ސަބަބުން ތިބާގެ ހެޔޮޢަމަލުތައް އަނދާ ހުލިވެއެވެ. މީހަކު ތިބާއަށް ގެއްލުމެއް ދިނުމުގެ ސަބަބުން ތިބާގެ ހިތުގައި މީހަކަށް ރުޅިވެރިކަމެއް އޮވެގެން ދުވަހަކުވެސް ތިބާއަށް ހިންހަމަ ޖެހުމެއް ނުލިބޭނެއެވެ. އެކަމުގައި ދުވަސްތަކާއި ވަގުތުތައް ބޭކާރުކޮށް ނުލާށެވެ.