އިންސާން ސޫރަތުގެ އަލީގައި އިންސާނާގެ ދިރިއުޅުމުގެ ޙަޤީޤަތްތައް

އިންސާން ސޫރަތަކީ، އިންސާނާގެ ދިރިއުޅުމުގެ ޙަޤީޤަތްތަކާއި، އާޚިރަތް ދުވަހުގެ ބިރުވެރިކަމާއި، ސުވަރުގޭގެ ނިޢުމަތްތައް ވަރަށް ފުރިހަމައަށް ސިފަކޮށްދޭ މާތް ސޫރަތެކެވެ. މި ސޫރަތް ފެށިގެން އަންނަނީ، އިންސާނާ އުފެދިގެން އައިގޮތާއި، އޭނާއަށް ﷲ މަގުދައްކަވާފައިވާ ކަން ބަޔާންކުރަމުންނެވެ. އިންސާނާގެ އުފެދުން މި ސޫރަތުގެ ފުރަތަމަ އާޔަތްތަކުން ބަޔާންކުރައްވަނީ، އިންސާނާގެ ނަންގަނެވިގެންވެސް ނުވާ ޒަމާނެއް ގޮސްފައިވާކަން އެނގޭތޯ އަހަރެމެން އިންސާނުންނާއި ސުވާލުކުރައްވަމުންނެވެ. އެއީ އެއްވެސް މީހަކަށް އެނގިގެން ނުވާ ޒަމާނެއް އިންސާނާއަށް ކަޑަތުވެފައިވާ ކަމެވެ. އެއަށްފަހު، ﷲ ސުބުޙާނަހޫ […]

އަހަރެންގެ ތިލާވާކުރުން ރީތިކުރާނީ ކިހިނެތް؟

ކިޔަވާ ކުއްޖެއް ނުވަތަ ޢިލްމު އުނގެނޭ ކުއްޖެއްނަމަ މި ބީދާއިން ތިމާއަށް ދެވޭ މިޞްރާބާއި ތިމާ މިހާރު ހުރިހިސާބަކީ ކޮބާތޯ އަމިއްލައަށް ޙިސާބުކޮށް އަމިއްލަ ނަފްސާއި ސުވާލުކޮށް ބަލަން ޖެހެއެވެ. އެއީ ކުރިއަށް ދިއުމުގައި ކުރެވޭނެ އެންމެ މޮޅު އެންމެ ބުއްދިވެރި އެއްކަމެވެ. މިދެންނެވި ފަދައިން ޙިސާބުކުރާ ދަރިވަރެއް ނަމަ އެކުއްޖަކަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަކީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެނީ އެކުއްޖަކު އަމިއްލަ އައިބުތައް ރަނގަޅުކުރަން މަސައްކަތް ކުރާނެއެވެ.

މާފުކުރަން ވީ ކީއްވެގެން ހެއްޔެވެ؟

ރުޅި އަދަބުދެނީ އެމީހުންނަށްތޯ ނުވަތަ އޭނާއަށްތޯއެވެ؟ ރުޅިވެރިކަމާއި ނަފްރަތާއި ޙަސަދައިން ތިބާގެ ހިތް ސާފުކުރާށެވެ. އެހެނީ ރުޅިއަކީ ޝައިޠާނާގެ ކަމެކެވެ. ޙަސަދައިގެ އަލިފާނުގެ ސަބަބުން ތިބާގެ ހެޔޮޢަމަލުތައް އަނދާ ހުލިވެއެވެ. މީހަކު ތިބާއަށް ގެއްލުމެއް ދިނުމުގެ ސަބަބުން ތިބާގެ ހިތުގައި މީހަކަށް ރުޅިވެރިކަމެއް އޮވެގެން ދުވަހަކުވެސް ތިބާއަށް ހިންހަމަ ޖެހުމެއް ނުލިބޭނެއެވެ. އެކަމުގައި ދުވަސްތަކާއި ވަގުތުތައް ބޭކާރުކޮށް ނުލާށެވެ.

ކީރިތި ޤުރްއާނަށް އަދަބުވެރިވުން- 5 ވަނަބައި

އިބްނު ކަޘީރު ވަދާޅުވެފައިވެއެވެ. “ ދީނީ ގޮތުން އޮންނަގޮތަކީ މީހުންގެ ހިތްތަކަށް އަޘަރުކުރާނެ ފަދަ ރީތި ގޮތަކަށް ރީތި އަޑުން ގުރުއާން ކިޔެވުމެވެ. އެކިޔަވާ ރާގަކުން، އޭގެ މާނަޔާ މެދު ވިސްނާ ހިތްތަކަށް މަޑުމޮޅިކަން ވަންނަ ފަދައިން ކިޔެވުން އެއީ ގުރުއާން ކިޔަވަން އެންމެ އައުލާ ކަން ބޮޑުގޮތެވެ.

ކީރިތި ޤުރްއާނަށް އަދަބުވެރިވުން – 4ވަނަބައި

ބައެއް ބޭފުޅުން ދެކިލައްވާގޮތުގައި ޤުރްއާން ކިޔެވުމަކީ ވެސް އަޅުކަމެއްކަމުގައި ވާތީ، ޤުރްއާން ކިޔަވާއިރު ނަމާދުފަދައިން ޤިބުލައަށް ކުރިމަތިލައިން އިނދެ ކިޔެވުމަކީ އެ ކިޔަވާމީހާގެ ހިތުގައި ޤުރްއާން ކިޔެވުމަށާއި، އެޤުރްއާނަށް އޮންނަ ލޮތްބާއި، ޤަދަރު އިޚްތިރާމް އޮތްމިންވަރު ހާމަވެގެން ދާނެ ކަމެއްގެގޮތުގައެވެ.

21 ވަނަ ޤަރުނުގައި ޓީޗަރުން އަދާކުރަން ޖެހޭ ރޯލް

ޒަމާނަށް އަންނަ ކޮންމެ ހެޔޮ އަދި ފަސޭހަ ބަދަލުތަކަކީ އަޅުގަނޑުމެން ވެސް އޭގައި ހިފައިން ކުރިޔަށް ދާންޖެހޭ ބަދަލުތަކެވެ. އެހެންނޫންނަމަ މުޖުތަމަޢުގައި ކަންކަން ކުރުމަށާއި އުޅުމާއި ގުޅުމަށް އުނދަގޫތަކެއް ކުރިމަތިވެގެން ދާނެއެވެ. ކިޔަވައިދެއްވާ މުދައްރިސުންނަކީ އެޒަމާނަކަށް އަންނަ ބަދަލުތަކަށް އެންމެ ފުރަތަމަ އަހުލުވެރިވާން ޖެހޭބައެވެ. އެހެން ނޫނީ އެ މުޖުތަމަޢަކަށް އެއިރެއްގައި އަންނަ ބަދަލުތަކުގެ ހެޔޮ އަޘަރެއް ނުކުރާނެއެވެ.

ވައިބޭރުވުމުން ހުނުން އަދި މީހުންގެތެރޭ ވައިބޭރުކުރުން

މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކާ ޚިލާފުކަމެކެވެ. އަދި ވައިބޭރުވުމުން އެކަމާހެދި ހުނުމަކީ ނަހީވެގެންވާ ކަމެކެވެ.

ނިދުމުގެ ކުރިން ކުރަން ޖެހޭ މުހިންމު 4 ކަމެއް

ނިންޖަކީ އިންސާނާގެ ފުރާނަ އޭނާގެ ހަށިގަނޑުން ވަކިވާ ވަކިވުމެކެވެ. އެހެންކަމުން ނިދިން ހޭލައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ދުޢާތަކުގެ ތެރޭގައި ވިދާޅުވެއެވެ. ((الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ)) މާނައީ: ”އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން މަރުގެންނެވުމަށްފަހު، އަޅަމެންނަށް ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކަށްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.“

މަސްޖިދުލް އަޤްޞާގެ މާތްކަން

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. (سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ) [1] މާނައީ: ”އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ.“

މައްޗަށްދޭ