ބޮޑެތި ބޭފުޅުންގެ ޚަތިމް ކުލާހަށް ވަނުމަށް ތިރީގައިވާ ފޯމް ފުރާލައްވާ!
ތަޢާރަފް: މި ކުލާހަކީ ބޮޑެތި ބޭފުޅުންގެ ޤުރްއާން ކިޔެވުމުގެ އަކުރުތަކުގެ މަޚްރަޖާއ،ި ތަޖުވީދުގެ ޤަވާއިދުތަކާއި، އަޑު ރާގު ރީތިކޮށްދީ ޤުރްއާނަށް ދޫ ފަރިތަކޮށްދިނުމަށް ޚާއްޞަކޮށް ކުރިއަށްގެންދާ ކުލާހެކެވެ. ކުލާހުގައި އަކުރުތަކުގެ މަޚްރަޖުތައް ފަރިތަކުރުމާއި، ތަޖުވީދުގެ މުހިންމު ޤަވައިދުތައް ފަރިތަކުރުމާއި، އަޑާއި ރާގު އަދި ނޭވާ ގެންގުޅޭނެގޮތާއި، ކިޔެވުމުގައި ހަމަހިފަހައްޓަންވީ ފުރިހަމަގޮތްތަށް ދަސްކޮށްދެވޭނެއެވެ. އަދި މުދައްރިސާއިއެކު ޚަތިމެއް ކުރެވޭނެއެވެ.
ކުލާހަށް ވަނުމުގެ ޝަރުޠު:18 އަހަރުފުރި ، ބަލައިގެން ކިޔަވަން އެނގޭ މިީހަކު ކަމުގައިވުން.
މި ކުލާސް އޮންނާނީ ސަރުކާރު ބަންދު ދުވަސްތައްފިޔަވައި ހަފްތާއަކު 3 ދުވަހުއެވެ.
ކުލާހަށް ޙާޟިރުވެގެން ކިޔާވާ ކުދިންގެ ގަޑި އޮންނާނީ ހެނދުނު [ 07:30 އިން 09:00 އަށް ] ހުޅުމާލެ ފޭސް 2 ގައެވެ.
އޮންލައިންކޮށް ކިޔާވާ ކުދިންގެ ކުލާސް އޮންނާނީ ރޭގަނޑު [ 20:30 އިން 22:00 އަށް ] ގޫގުލް މީޓުން އޮންލައިންކޮށެވެ.
ކުލާހުގެ މަހު ފީ އަކީ 549ރ އެވެ.
ކުލާހުގެ މުއްދަތު:30 ފޮތް ކިޔަވައި ނިމެންދެން.
