ތަޢާރަފް: މި ކުލާހަކީ ކުޑަ ކުދިންނަށް ޤުރްއާން ކިޔެވުމުގެ އަކުރުތަކުގެ އަދާއާއި، މަޚްރަޖާއ،ި ތަޖުވީދުގެ ޤަވާއިދުތަކާއި، އަޑު ރާގު ރީތިކޮށްދީ ޤުރްއާނަށް ދޫ ފަރިތަކޮށްދިނުމާއި، މުދައްރިސާއިއެކު އަޑު ދަށުން ފިލާވަޅުނަގައި ޚަތިމެއް ކުރުމާއި، އަދި ކުލާހުގެ މުއްދަތުގައި ހަފްތާގެ އެއްދުވަހު ޢަންމާ ފޮތުން ފެށިގެން އެކުއްޖަކަށް ހިތުން ދަސްކުރެވުނު މިންވަރަކުން ހިތުން ދަސްކުރަމުން މުރާޖަޢާކުރަމުން ކުރިޔަށްގެންދާ ކުލާހެކެވެ. ހިތުންދަސްކުރާ ކޮންމެ ފޮތަކަށް އިނާމެއް ލިބޭނެއެވެ.
ކުލާހަށް ވަނުމުގެ ޝަރުޠު:7 އަހަރުފުރި 16 އަހަރުން ދަށުގެ، ބަލައިގެން ކިޔަވަން އެނގޭ ކުއްޖަކު ކަމުގައިވުން.
މި ކުލާސް އޮންނާނީ ސަރުކާރު ބަންދު ދުވަސްތައްފިޔަވައި ހަފްތާއަކު 5 ދުވަހުއެވެ.
ކުލާސް އޮންނަ ގަޑިތަކަކީ: ހެނދުނު [ 08:30 އިން 09:30 އަށް ] އަދި ރޭގަނޑު [ 06:50 އިން 07:50 އަށް ] ގޫގުލް މީޓުން އޮންލައިންކޮށެވެ.
ކުލާހުގެ މަހު ފީ އަކީ 450ރ އެވެ.
ކުލާހުގެ މުއްދަތު:30 ފޮތް ކިޔަވައި ނިމެންދެން.
