އަޞްލީ އަކުރުތައް:
އަޞްލީ އަކުރުތަކަކީ އަލިފްބާގައި ހިމެނޭ 29 އަކުރެވެ. އެއީ ا އިން ي އަށެވެ.
ފަރުޢީ އަކުރުތައް:
ފަރުޢީ އަކުރުތަކޭ ބުނެވެނީ އެއީ ދެ މަޚްރަޖެއްގެ ދެމެދުން ނުކުންނަ އަކުރުތަކާއި، ދެ އަކުރެއްގެ ދެމެދުން ނުވަތަ ދެ ޞިފައެއްގެ ދެމެދުން ނިކުންނައަކުރުތަކަށެވެ.
ފަރުޢީ އަކުރުތަކުގެ ޢަދަދު 08 ކެވެ. އެއީ
- ލުއިކުރެވޭ ހަމްޒާ / الهمزة المهملة
- އިމާލާ ކުރެވޭ އަލިފް / الألف الممالة
- ز ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ص / الصاد المشممة صوت الزاي
- و ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ي / الياء المشممة صوت واو
- ބަރުކުރެވޭ އަލިފު / الألف المفخمة
- ބަރުކުރެވޭ ލާމު / اللام المفخمة
- ވަންހަނާ ކުރެވޭ ނޫނު / النون المفخاه
- ވަންހަނާ ކުރެވޭ މީމު / الميم المفخاه
- ލުއިކުރެވޭ ހަމްޒާ / الهمزة المهملة
ހަމްޒާ ލުއިކޮށް ކިޔުމަކީ 2 އަކުރެއްގެ ދެމެދުން ހަމްޒާ ކިޔުމެވެ. ހަމްޒާ ލުއި ކުރެވޭ 3 ގޮތެއްވެއެވެ.
ހ. ހަމްޒާ އާއި އަލިފާ ދެމެދުން ހަމްޒާ ކިޔުން. މިޘާލު ( ފުއްޞިލަތު 44 ءَاعْجَمِيُّ )
ށ. ހަމްޒާ އާއި ޔާ އާއި ދެމެދުން ހަމްޒާ ކިޔުން. މިޘާލު ( ޔޫސުފް 90 أَءِنَّكَ )
ނ. ހަމްޒާ އާއި ވާ އާއި ދެމެދުން ކިޔުން. މިޘާލު ( ޞާދު 08 أَءُنزِلَ )
- އިމާލާ ކުރެވޭ އަލިފް / الألف الممالة
އަލިފް އިމާލާ ކުރުމަކީ ޔާގެ މަޚްރަޖަށް ވާ ގޮތަށް ލަނބާލާފައި އަލިފް އަދާ ކުރުމެވެ. އެއީ ދިވެހިން އޭބޭ ފިލި ކިޔާ ގޮތަށް އަލިފް އަދާ ކުރުމެވެ. މިގޮތަށް ޙަފްޞު ރިވާޔަތުގައި އިމާލާ ކުރަނީ ހޫދު 41 ( مَجَرَ ىها ) މި ކަލިމައެވެ.
- ز ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ص / الصاد المشممة صوت الزاي
މިއީ ص ގެ އަޑު ز ގެ އަޑަށް ވާގޮތަށް ކިޔުމެވެ. ޤިރާއަތު ހަމްޒާގައި ( الصِّرَاطَ ) ގެ ص ކިޔާނީ ز އަށް އިޝްމާމު ކޮށްގެންނެވެ.
- و ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ي / الياء المشممة صوت واو
މިއީ ޔާގެ އަޑު ވާވުގެ އަޑަށް ވާގޮތަށް ކިޔުމެވެ. ޤިރާއަތު އިބްނު ހިޝާމް އާއި ކިސާއީ ޤިރާއަތުގައި ( قِيلَ ) ގެ ي ކިޔާނީ و އަށް އިޝްމާމު ކޮށްގެންނެވެ.
- ބަރުކުރެވޭ އަލިފު / الألف المفخمة
މިއީ ބަރު އަކުރެއްގެ ފަހަތަށް މައްދު އަލިފެއް އައުމުން އަލިފް މައްދު ކުރުމުގައި ބަރުކުރެވޭ ޙާލަތެވެ. އަލިފަކީ އަބަދުވެސް ކުރީ އަކުރަށް ތަބަޢަވާ އަކުރެކެވެ. ( الضَّآلّين )
- ބަރުކުރެވޭ ލާމު / اللام المفخمة
ލާމަކީ އޭގެ ޒާތުގައި ލުއި އަކުރެކެވެ. ނަމަވެސް ލަފްޡުލް ޖަލާލާގެ ލާމުގެ ކުރިއަށް އަބަފިލި ނުވަތަ އުބުފިލި އައިސްފައި ވާ ޙާލަތުގައި އެ ލާމު ބަރުވާނެއެވެ. ލަފްޡުލް ޖަލާލާ އަކީ ﷲ އެވެ.
- ވަންހަނާ ކުރެވޭ ނޫނު / النون المفخاه
އިޚްފާ ކުރެވޭ ނުވަތަ ވަންހަނާ ކުރެވޭ ނޫނުގެ ފަހަތައް އަންނަ އަކުރާއި ނޫނު މަސްހުނިވާނެއެވެ.
- ވަންހަނާ ކުރެވޭ މީމު / الميم المفخاه
އިޚްފާ ކުރެވޭ ނުވަތަ ވަންހަނާ ކުރެވޭ މީމު ވަންހަނާ ކުރާނަމަ އެމީމުގެ އަޞްލު ފާޅެއްނުވާނެއެވެ. ނުވަތަ މީމު ފުރިހަމައެއް ނުވާނެއެވެ.