ކީރިތި ޤުރްއާނުގައި އަތްލާނަމަ ނުވަތަ އުފުލާނަމަ އަދި ކިޔަވާނަމަ ސާފު ތާހިރުވުން. الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. ސާފުޠާހިރު ކަމަކީ އިސްލާމްދީން ނުހަނު ބާރުއަޅާކަމެކެވެ. ދިރިއުޅުމުގެ ހުރިހައި ޙާލަތެއްގައިވެސް ސާފު ޠާހިރުވުމަށް އިސްލާމްދީން ބާރުއަޅައެވެ. އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الطُّهُورُ شَطْرُ الإيمانِ)) މާނައީ: [ސާފުޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ“ . ސާފުޠާހިރު […]
ކީރިތި ޤުރްއާނަށް އަދަބުވެރިވުން ( ފުރަތަމަ ބައި )
ކީރިތި ޤުރްއާނަށް ހަޤީޤީ އަދަބުވެރިވުމަކީ އަދި އިޚްތިރާމުކުރުމުކީ އެ ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް އުޅުމާއި އެ ޤުރްއާން ކިޔަވާ ތަދައްބުރުކުރުމެވެ.. ބޮޑު ފޮށްޓަށް ލާފައި ތަޅުލާފައި ބޭއްވުމެއް ނޫނެވެ.
ފިޠުރު ޒަކާތް
ރަމަޟާން މަހުގައި، މާތްﷲ، އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ރޯދަހިފުން ފަރުޟު ކުރައްވައިފައިވާ ފަދައިން، އެހެން ކަމެއްވެސް ފަރުޟު ކުރައްވައިފައިވެއެވެ. އެއީ (فِطْر زَكَاة) އެވެ.
އަޞްލީ އަކުރުތަކާއި ފަރުޢީ އަކުރުތައް
އަޞްލީ އަކުރުތަކަކީ އަލިފްބާގައި ހިމެނޭ 29 އަކުރެވެ. އެއީ ا އިން ي އަށެވެ.ފަރުޢީ އަކުރުތަކޭ ބުނެވެނީ އެއީ ދެ މަޚްރަޖެއްގެ ދެމެދުން ނުކުންނަ އަކުރުތަކާއި، ދެ އަކުރެއްގެ ދެމެދުން ނުވަތަ ދެ ޞިފައެއްގެ ދެމެދުން ނިކުންނައަކުރުތަކަށެވެ.
އަޢޫޛު ކިޔުމުގެ ޙުކުމް
ޤުރްއާން ކިޔަވަން ފެށުމުގައި އިސްތިއާޛާ ( އަޢޫޛު ) ކިޔުމަކީ ނަމާދުގައި ވިޔަސް ނަމާދުން ބޭރުގައިވިޔަސް މުސްތަޙައްބު ކަމެއް ކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ.
ކީރިތި ޤުރްއާނަކީ ކޮބާ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ޖިބްރީލްގެ ފާނު މެދުވެރިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވާލެއްވި ސޫރަތުލް ފާތިޙާ އިން ފެށޭ ނާސް ސޫރަތައް ނިމޭ ކިޔެވުން އަޅުކަމެއް ކަމުގައި ލެއްވި، މުތަވާތިރިކޮށް އައިސްފައިވާ ﷲ ގެ ކަލާމް ފުޅެވެ.
އެސްފީނާ ނުވަތަ ހަސަދަ އަށް ކުރެވިދާނެ ކުރު ރުޤްޔާއެއް
އެސްފީނާއަކީ ކޮބައިތޯ؟ ބައެއް މީހުން ދެކޭ ގޮތުގައި އެސްފީނާއަކީ އޭގައި އެއްވެސް ހަޤީގަތެއް ނުވާ ފްލޯކް ވާހަކަތަކެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެސްފީނާގެ ވާހަކަ ގިނަ ބޭފުޅުންނަށް އެނގިފައިވަނީ މުސްކުޅިންގެ ތުންތުންމަތިން ކަމުގައިވެސް ވާތީއެވެ
ކުޑަކުދިންނަށް ދިމާވާ ރޫޙާނީ އުނދަގޫތަކަށް ކުރެވިދާނެ ރުޤްޔާ
ތުއްތު ކުދިން ދަންވަރު ނިދާފައި އޮންނައިރު ސިއްސައިގެން ދިއުމާއި، ކުއްލިއަކަށް ހޭލެވުމާއި، މައްޗަށް ބަލަހައްޓައިގެން އޮވެ އަޑުން އަޑުނަގާ ރޯ މަންޒަރަކީ ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިފަދަ ވަޤުތެއްގައި ކުއްޖާ މައްސަލާކޮށްލަން އުޅުނަސް އެއްވެސް ވަރަކަށް ކުއްޖާ ހުއްޓާނުލާ ރޮއެހަދައެވެ.
ޤުރްއާން ކިޔެވުމުގައި ފިލި ފުރިހަމަ ކުރުން 1
ޤުރްއާން ކިޔެވުމުގެ ރީތިމަކަމާއި ކިޔެވުމުގެ އޮމާންކަން ގެނުވައިދޭ އެންމެ މުހިންމު ކަންކަމުގެ ތެރެއިން އެއްކަމަކީ ފިލި ފުރިހަމަކޮށް އެއްވަރުކޮށް ހަމަހިފެހެއްޓުމެވެ. ފިލި ފުރިހަމަ ކުރުމޭ ބުނެވެނީ އެއްކިޔެވުމެއްގައި ފިލި އަދާކުރުމުގައި ފިއްޔަށް ދޭންވާ ވަގުތާއި އަނގައިގެ ހަރަކާތްތަށް އެއްވަރެއްގައި އެއް ހަމައެއްގައި ހިފެހެއްޓުމެވެ.
އަބަދުވެސް ބަރުވާ އަކުރުތައް
އަނގައިގެ ޙަރަކާތަކީ ޤުރްއާން ކިޔެވުމުގައި އެއް މިންގަޑެއްގައި ގެންގުޅެންޖެހޭ ކަމެކެވެ. އެކި ފަހަރު އެކި ވަރަށް ޙަރަކާތް ކުރުމަކީ ކިޔެވުމުގައި ހުތުރު ކަމެއް އެކުލެވިގެން ދާނެ ކަމެކެވެ.