އަޞްލީ އަކުރުތަކާއި ފަރުޢީ އަކުރުތައް

އަޞްލީ އަކުރުތަކަކީ އަލިފްބާގައި ހިމެނޭ 29 އަކުރެވެ. އެއީ ا އިން ي އަށެވެ.ފަރުޢީ އަކުރުތަކޭ ބުނެވެނީ އެއީ ދެ މަޚްރަޖެއްގެ ދެމެދުން ނުކުންނަ އަކުރުތަކާއި، ދެ އަކުރެއްގެ ދެމެދުން ނުވަތަ ދެ ޞިފައެއްގެ ދެމެދުން ނިކުންނައަކުރުތަކަށެވެ.

ކީރިތި ޤުރްއާނަކީ ކޮބާ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ޖިބްރީލްގެ ފާނު މެދުވެރިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވާލެއްވި ސޫރަތުލް ފާތިޙާ އިން ފެށޭ ނާސް ސޫރަތައް ނިމޭ ކިޔެވުން އަޅުކަމެއް ކަމުގައި ލެއްވި، މުތަވާތިރިކޮށް އައިސްފައިވާ ﷲ ގެ ކަލާމް ފުޅެވެ.

ޤުރްއާން ކިޔެވުމުގައި ފިލި ފުރިހަމަ ކުރުން 1

ޤުރްއާން ކިޔެވުމުގެ ރީތިމަކަމާއި ކިޔެވުމުގެ އޮމާންކަން ގެނުވައިދޭ އެންމެ މުހިންމު ކަންކަމުގެ ތެރެއިން އެއްކަމަކީ ފިލި ފުރިހަމަކޮށް އެއްވަރުކޮށް ހަމަހިފެހެއްޓުމެވެ. ފިލި ފުރިހަމަ ކުރުމޭ ބުނެވެނީ  އެއްކިޔެވުމެއްގައި ފިލި އަދާކުރުމުގައި ފިއްޔަށް ދޭންވާ ވަގުތާއި އަނގައިގެ ހަރަކާތްތަށް އެއްވަރެއްގައި އެއް ހަމައެއްގައި ހިފެހެއްޓުމެވެ.

އަބަދުވެސް ބަރުވާ އަކުރުތައް

އަނގައިގެ ޙަރަކާތަކީ ޤުރްއާން ކިޔެވުމުގައި އެއް މިންގަޑެއްގައި ގެންގުޅެންޖެހޭ ކަމެކެވެ. އެކި ފަހަރު އެކި ވަރަށް ޙަރަކާތް ކުރުމަކީ ކިޔެވުމުގައި ހުތުރު ކަމެއް އެކުލެވިގެން ދާނެ ކަމެކެވެ.