ނިދުމުގެ ކުރިން ކުރަން ޖެހޭ މުހިންމު 4 ކަމެއް

ނިންޖަކީ އިންސާނާގެ ފުރާނަ އޭނާގެ ހަށިގަނޑުން ވަކިވާ ވަކިވުމެކެވެ. އެހެންކަމުން ނިދިން ހޭލައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ދުޢާތަކުގެ ތެރޭގައި ވިދާޅުވެއެވެ. ((الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ)) މާނައީ: ”އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން މަރުގެންނެވުމަށްފަހު، އަޅަމެންނަށް ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކަށްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.“

މަސްޖިދުލް އަޤްޞާގެ މާތްކަން

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. (سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ) [1] މާނައީ: ”އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ.“

ދަރިންގެ ހިތުގުގައި ކީރިތި ޤުރްއާނަށް ލޯބިޖައްސަން ކުރެވިދާނެ 5 ކަމެއް!

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. މުސްލިމް ކޮންމެ މަޔަކާއި ބަފަޔަކުވެސް ދަރިންގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ބޭނުންވާނެއެވެ. އަދި އެދަރިންނަކީ ޤުރްއާން ރީތިކޮށް ކިޔަވާ ޤުރްއާނަށް ލޯބިކުރާ ބަޔަކުކަމުގައި ވުމަށް އެދޭނެއެވެ. ދަރިން ޤުރްއާނަށް ލޯބި ވުމަކީ ހަމައެކަނި އެދަރިން ޤުރްއާނުގައިވާ އާޔަތްތަށް ހިތުދަސްކުރުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ޤުރްއާނުގައި ވަނީ ކޮންއެއްޗެއްކަން އެކުދިންނަށް ކިޔަވަމުން ދާވަގުތު އެނގިގެން ކިޔެވުމާއި، އޭގެ ސަބަބުން […]