ކީރިތި ޤުރްއާނަށް އަދަބުވެރިވުން- 5 ވަނަބައި

އިބްނު ކަޘީރު ވަދާޅުވެފައިވެއެވެ. “ ދީނީ ގޮތުން އޮންނަގޮތަކީ މީހުންގެ ހިތްތަކަށް އަޘަރުކުރާނެ ފަދަ ރީތި ގޮތަކަށް ރީތި އަޑުން ގުރުއާން ކިޔެވުމެވެ. އެކިޔަވާ ރާގަކުން، އޭގެ މާނަޔާ މެދު ވިސްނާ ހިތްތަކަށް މަޑުމޮޅިކަން ވަންނަ ފަދައިން ކިޔެވުން އެއީ ގުރުއާން ކިޔަވަން އެންމެ އައުލާ ކަން ބޮޑުގޮތެވެ.

ކީރިތި ޤުރްއާނަށް އަދަބުވެރިވުން – 4ވަނަބައި

ބައެއް ބޭފުޅުން ދެކިލައްވާގޮތުގައި ޤުރްއާން ކިޔެވުމަކީ ވެސް އަޅުކަމެއްކަމުގައި ވާތީ، ޤުރްއާން ކިޔަވާއިރު ނަމާދުފަދައިން ޤިބުލައަށް ކުރިމަތިލައިން އިނދެ ކިޔެވުމަކީ އެ ކިޔަވާމީހާގެ ހިތުގައި ޤުރްއާން ކިޔެވުމަށާއި، އެޤުރްއާނަށް އޮންނަ ލޮތްބާއި، ޤަދަރު އިޚްތިރާމް އޮތްމިންވަރު ހާމަވެގެން ދާނެ ކަމެއްގެގޮތުގައެވެ.

ވައިބޭރުވުމުން ހުނުން އަދި މީހުންގެތެރޭ ވައިބޭރުކުރުން

މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކާ ޚިލާފުކަމެކެވެ. އަދި ވައިބޭރުވުމުން އެކަމާހެދި ހުނުމަކީ ނަހީވެގެންވާ ކަމެކެވެ.

ކީރިތި ޤުރްއާނަށް އަދަބުވެރިވުން – ތިންވަނަ ބައި

ކީރިތި ޤުރްއާން ކިޔަވާއިރު މަޑުމައިތިރިކަމާއި ޚުޝޫއަތްތެރިކަމާއިއެކު އިނދެ ކިޔެވުން. الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. ކީރިތި ޤުރްއާން ކިޔަވާއިރު ޚުޝޫޢަތްތެރިވުމަކީ އެމީހެއްގެ ހިތާއި ސިކުނޑި އެހެނިހެން ވިސްނުންތަކާއި ފިކުރު ކުރުމުން ދުރުކޮށް ހަމައެކަނި ﷲ އަށް ޚާލިޞްކުރާ ޙާލު މަޑުމައިތިރިކަމާއިއެކު މާނައަށްވިސްނައިން ޤުރްއާން ކިޔެވުމެވެ. ޢަރަބިބަސް ނޭނގޭ މީހާ ނުވަތަ ޤުރްއާނުގެ މާނަ ނޭނގޭ މީހާއަށް އޮތީ މިޤުރްއާނަކީ ﷲ ގެ މަތިވެރިވަންތަ ކަލާމްފުޅުތަކެއް […]

ކީރިތި ޤުރްއާނަށް އަދަބުވެރިވުން 2 ވަނަބައި

  ކީރިތި ޤުރްއާނުގައި އަތްލާނަމަ ނުވަތަ އުފުލާނަމަ އަދި ކިޔަވާނަމަ ސާފު ތާހިރުވުން. الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. ސާފުޠާހިރު ކަމަކީ އިސްލާމްދީން ނުހަނު ބާރުއަޅާކަމެކެވެ. ދިރިއުޅުމުގެ ހުރިހައި ޙާލަތެއްގައިވެސް ސާފު ޠާހިރުވުމަށް އިސްލާމްދީން ބާރުއަޅައެވެ. އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الطُّهُورُ شَطْرُ الإيمانِ)) މާނައީ: [ސާފުޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ“ . ސާފުޠާހިރު […]

ކީރިތި ޤުރްއާނަށް އަދަބުވެރިވުން ( ފުރަތަމަ ބައި )

ކީރިތި ޤުރްއާނަށް ހަޤީޤީ އަދަބުވެރިވުމަކީ އަދި އިޚްތިރާމުކުރުމުކީ އެ ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް އުޅުމާއި އެ ޤުރްއާން ކިޔަވާ ތަދައްބުރުކުރުމެވެ.. ބޮޑު ފޮށްޓަށް ލާފައި ތަޅުލާފައި ބޭއްވުމެއް ނޫނެވެ.

ކީރިތި ޤުރްއާނަކީ ކޮބާ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ޖިބްރީލްގެ ފާނު މެދުވެރިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވާލެއްވި ސޫރަތުލް ފާތިޙާ އިން ފެށޭ ނާސް ސޫރަތައް ނިމޭ ކިޔެވުން އަޅުކަމެއް ކަމުގައި ލެއްވި، މުތަވާތިރިކޮށް އައިސްފައިވާ ﷲ ގެ ކަލާމް ފުޅެވެ.

މައްޗަށްދޭ