ކީރިތި ޤުރްއާން މުޞްޙަފްގައި ބީހެން ނުވަތަ އުފުލަން ވާނީ ސާފުޠާހިރުވެގެންނެވެ. އެހެނީ ވުޟޫޢު ކޮށްގެންނެވެ. ވުޞޫއު ނުކޮށް ޤުރްއާން ކިޔެވެވުމާއި ޤުރްއާނުގައި އަތްލުން އަދި އުފުލުން ހުއްދަވެގެން ނުވާނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ.
ކީރިތި ޤުރްއާނަށް އަދަބުވެރިވުން
އެ ފޮތުން ބަހެއް ބުނެއްޖެމީހަކު ތެދުބުނެފިއެވެ. އެ ފޮތާ އެއްގޮތަށް ޢަމަލުކޮށްފިމީހަކަށް ދަރުމަހުއްޓެވެ. އެ ފޮތާ އެއްގޮތަށް ޙުކުމްކޮށްފިމީހަކު ޢަދުލުވެރިވެއްޖެއެވެ. އެ ފޮތް އަޑުއަހައިފިމީހަކަށް މަންފާކުރާނެއެވެ. އެ ފޮތުގައިވާ ގޮތުގެ މަތިން ދުޢާކޮށްފިނަމަ، އެމީހަކަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތު ލިބިއްޖެއެވެ. އަދި އެ ފޮތަށް ތަބާވެއްޖެމީހަކު މަގުފުރެދިގެން ނުދާނެއެވެ.
މަޢާފުކުރަންވީ ކީއްވެ ހެއްޔެވެ؟
ރުޅި އަދަބުދެނީ އެމީހުންނަށްތޯ ނުވަތަ އޭނާއަށްތޯއެވެ؟ ރުޅިވެރިކަމާއި ނަފްރަތާއި ޙަސަދައިގެ ނުބައިކަމުން ތިބާގެ ހިތް ރައްކާތރިކޮށް ސާފުކުރާށެވެ. އެހެނީ ރުޅިއަކީ ޝައިޠާނާގެ ކަމެކެވެ. ޙަސަދައިގެ އަލިފާނުގެ ސަބަބުން ތިބާގެ ހެޔޮޢަމަލުތައް އަނދާ ހުލިވެއެވެ. މީހަކު ތިބާއަށް ގެއްލުމެއް ދިނުމުގެ ސަބަބުން ތިބާގެ ހިތުގައި މީހަކަށް ރުޅިވެރިކަމެއް އޮވެގެން ދުވަހަކުވެސް ތިބާއަށް ހިންހަމަ ޖެހުމެއް ނުލިބޭނެއެވެ. އެކަމުގައި ދުވަސްތަކާއި ވަގުތުތައް ބޭކާރުކޮށް ނުލާށެވެ.
