އިންސާނުންނަކީ އަބަދުވެސް ކަންކަމުގައި އެންމެ ފަސޭހަގޮތްތަށް ހޯދުމަށް ޒަމާނުންސުރެ ވެސް މަސައްކަތްތައް ކުރަމުން އަންނަ ބައެކެވެ. އެޒަމާނެއްގައި ލިބެން ހުރި އެންމެ ރަނގަޅު ވަޞީލަތްތަށް ބޭނުން ކޮށްގެން އެކިކަހަލަ އީޖާދުތައް ކުރަމުން، އެކި ކަހަލަ އުފެއްދުންތައް އުފައްދައިން އިންސާނުން ދިޔައީ ތަޖުރިބާ ކުރަމުންނެވެ. ޒަމާންތައް ފާއިތުވަމުން ގޮސް މި ހިސާބަށް އައި އިރުވެސް ކަންހިނގަމުން މިދަނީ ހަމަ އެފަދައިންނެވެ. އަބަދުވެސް އާ ހޯދުންތައް ހޯދަމުން ފީނަމުން ގޮސް، 21 ވަނަ ޤަރުނު ފެށުނުއިރު އަޅުގަނޑުމެންނާއި ކުރިމަތިވެ ވަށާލެވިފައި […]
21 ވަނަ ޤަރުނުގައި ޓީޗަރުން އަދާކުރަން ޖެހޭ ރޯލު
މުދައްރިސަކު ކުލާހަކަށް ވަދެ ކުރާ މަސައްކަތަކީ ދަރިވަރުންނަށް ހުނަރެއް ނުވަތަ މަޢުލޫމާތެއް ދަސްކޮށްދިނުމެވެ. ކުލާހެއްގައި ކިތަންމެ ގިނައިރު މުދައްރިސަކު ހޭދަކުރި ނަމަ ވެސް އޭނަގެ ފަރާތުން މިދެންނެވުނު 2 ކަމުން ކަމެއް ދަރިވަރުންނަށް ޙާޞިލް ނުވާނަމަ، އޭނާއަށް އުނގަންނައިދެވުނީ ކަމަށް ނުވާނެއެވެ. 21 ވަނަ ޤަރުނުގައި ޓީޗަރުންގެ ދައުރު ވަނީ ވަރަށްވެސް ބޮޑަށް ފުޅާވެފައެވެ. ދަރިވަރުންގެ އުފެއްދުންތެރި ވިސްނުން އިތުރުކުރުމަށް މުދައްރިސުންގެ ދައުރު ވަރަށް ބޮޑެވެ. އެހެނީ މުދައްރިސުންގެ އުފެއްދުން ތެރި ވިސްނުމުން އެކުދިންގެ ސިކުނޑިތަކަށް ޢިލްމުން ފުރާލަން ޖެހޭތީއެވެ.
ދަރިންގެ ހިތުގުގައި ޤުރްއާނަށް ލޯބިޖައްސަން ކުރެވިދާނެ 5 ކަމެއް!
މުސްލިމް ކޮންމެ މަޔަކާއި ބަފަޔަކުވެސް ދަރިންގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ބޭނުންވާނެއެވެ. އަދި އެދަރިންނަކީ ޤުރްއާން ރީތިކޮށް ކިޔަވާ ޤުރްއާނަށް ލޯބިކުރާ ބަޔަކުކަމުގައި ވުމަށް އެދޭނެއެވެ. ދަރިން ޤުރްއާނަށް ލޯބި ވުމަކީ ހަމައެކަނި އެދަރިން ޤުރްއާނުގައިވާ އާޔަތްތަށް ހިތުދަސްކުރުމެއް ނޫނެވެ.
