ދަރިންގެ ހިތުގުގައި ކީރިތި ޤުރްއާނަށް ލޯބިޖައްސަން ކުރެވިދާނެ 5 ކަމެއް!
الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. މުސްލިމް ކޮންމެ މަޔަކާއި ބަފަޔަކުވެސް ދަރިންގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ބޭނުންވާނެއެވެ. އަދި އެދަރިންނަކީ ޤުރްއާން ރީތިކޮށް ކިޔަވާ ޤުރްއާނަށް ލޯބިކުރާ ބަޔަކުކަމުގައި ވުމަށް އެދޭނެއެވެ. ދަރިން ޤުރްއާނަށް ލޯބި ވުމަކީ ހަމައެކަނި އެދަރިން ޤުރްއާނުގައިވާ އާޔަތްތަށް ހިތުދަސްކުރުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ޤުރްއާނުގައި ވަނީ ކޮންއެއްޗެއްކަން އެކުދިންނަށް ކިޔަވަމުން ދާވަގުތު އެނގިގެން ކިޔެވުމާއި، އޭގެ ސަބަބުން […]