ކީރިތި ޤުރްއާނަށް އަދަބުވެރިވުން – ތިންވަނަ ބައި
ކީރިތި ޤުރްއާން ކިޔަވާއިރު މަޑުމައިތިރިކަމާއި ޚުޝޫއަތްތެރިކަމާއިއެކު އިނދެ ކިޔެވުން. الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. ކީރިތި ޤުރްއާން ކިޔަވާއިރު ޚުޝޫޢަތްތެރިވުމަކީ އެމީހެއްގެ ހިތާއި ސިކުނޑި އެހެނިހެން ވިސްނުންތަކާއި ފިކުރު ކުރުމުން ދުރުކޮށް ހަމައެކަނި ﷲ އަށް ޚާލިޞްކުރާ ޙާލު މަޑުމައިތިރިކަމާއިއެކު މާނައަށްވިސްނައިން ޤުރްއާން ކިޔެވުމެވެ. ޢަރަބިބަސް ނޭނގޭ މީހާ ނުވަތަ ޤުރްއާނުގެ މާނަ ނޭނގޭ މީހާއަށް އޮތީ މިޤުރްއާނަކީ ﷲ ގެ މަތިވެރިވަންތަ ކަލާމްފުޅުތަކެއް […]