ކީރިތި ޤުރްއާނަށް އަދަބުވެރިވުން- 5 ވަނަބައި

އިބްނު ކަޘީރު ވަދާޅުވެފައިވެއެވެ. “ ދީނީ ގޮތުން އޮންނަގޮތަކީ މީހުންގެ ހިތްތަކަށް އަޘަރުކުރާނެ ފަދަ ރީތި ގޮތަކަށް ރީތި އަޑުން ގުރުއާން ކިޔެވުމެވެ. އެކިޔަވާ ރާގަކުން، އޭގެ މާނަޔާ މެދު ވިސްނާ ހިތްތަކަށް މަޑުމޮޅިކަން ވަންނަ ފަދައިން ކިޔެވުން އެއީ ގުރުއާން ކިޔަވަން އެންމެ އައުލާ ކަން ބޮޑުގޮތެވެ.