ކީރިތި ޤުރްއާނުގައި އަތްލާނަމަ ނުވަތަ އުފުލާނަމަ އަދި ކިޔަވާނަމަ ސާފު ތާހިރުވުން.

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.
ސާފުޠާހިރު ކަމަކީ އިސްލާމްދީން ނުހަނު ބާރުއަޅާކަމެކެވެ. ދިރިއުޅުމުގެ ހުރިހައި ޙާލަތެއްގައިވެސް ސާފު ޠާހިރުވުމަށް އިސްލާމްދީން ބާރުއަޅައެވެ. އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الطُّهُورُ شَطْرُ الإيمانِ)) މާނައީ: [ސާފުޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ“ . ސާފުޠާހިރު ވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވާކަން ބަޔާން ކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴾ سورة البقرة:222 މާނައީ: [ހަމަކަށަވަރުން ގިނަގިނައިން ތައުބާވާމީހުން ދެކެއާއި ސާފުޠާހިރުވާ މީހުންދެކެ، ﷲ ލޯބިވެވޮޑިގަންނަވައެވެ.“

ކީރިތި ޤުރްއާން މުޞްޙަފްގައި ބީހެން ނުވަތަ އުފުލަން ވާނީ ސާފުޠާހިރުވެގެންނެވެ. އެހެނީ ވުޟޫޢު ކޮށްގެންނެވެ.  ވުޞޫއު ނުކޮށް ޤުރްއާން ކިޔެވެވުމާއި ޤުރްއާނުގައި އަތްލުން އަދި އުފުލުން ހުއްދަވެގެން ނުވާނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ. އެއީ އިބްނު ހަޒަމްގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘުން ދަލީލު ނަންގާވާފައެވެ. ( ما رواه مالك عَنْ عَبْدِ اللهِ بْنِ أَبِى بَكْرِ بن مُحَمد بن عَمْرو بْنِ حَزْمٍ، أَنَّ فِي الْكِتَابِ الَّذِي كَتَبَهُ رَسُولُ اللهِ صلى الله عليه وسلم لِعَمْرو بْنِ حَزْمٍ: أَنْ لاَ يَمَسَّ الْقُرْآنَ إِلاَّ طَاهِرٌ “ ) أخرجه مالك ”الموطأ“534. وأبو داود في) المراسيل (93 )  .ރަސޫލާ صلى الله عليه وسلم  ޔަމަނުގެ އަހުލުންނަށް ލިޔުއްވިއެވެ. “ އެއްވެސް މީހަކު ޠާހިރުވެގެން މެނުވީ ޤުރްއާނުގައި ނުބީހޭށެވެ“.

ވީމާ ޤުރްއާން އުފުލުމާއި ، ބީހުން އަދި ކިޔަވަންފެށުމުގެ ކުރިން އަދަބުވެރިވުމުގެ ގޮތުން ވުޞޫޢުކުރަން ޖެހޭނެއެވެ. ނަމަވެސް ނުބަލައި ހިތުން ކިޔަވާ މީހާއާއި، މޯބައިލް ފޯނެއް ނުވަތަ އެހެނިހެން ޑިވައިސްއެއް ބަލައިން ކިޔަވާ މީހާއަށް ވުޟޫޢުނުކޮށް ކިޔެވުން ހުއްދަވެގެން ވެއެވެ. އެއީ މިފަދަ އާލާތްތަކަށް ކީރިތި ޤުރްއާނުގެ މުޞްޙަފްގެ ޙުކުމް ނުހިނގާތީއެވެ. އޭގައި ޤުރްއާނުގެ އާޔަތްތަކުގެ އިތުރުން އެހެނިހެން ލިޔުންތަކާއި ޑޭޓާތައް ހިމެނޭތީއެވެ. ހަމަ މިފަދައިން ޤުރްއާނުގެ އާޔަތްތަކުގެ އިތުރުން ތަރުޖަމާ އަދި ތަފްސީރު ލިޔެވިފައިވާ ފޮތްތަކަށް ވެސް ޤުރްއާނުގެ މުޞްޙަފްގެ ޙުކުމް ނުހިނގާނެއެވެ. މި ފަދަ ފޮތްތަށް ވުޟޫއުކުރުމަކާއިނުލައި އުފުލުމާއި ކިޔުމާއި ބީހުން ހުއްދަވެގެންވެއެވެ.

ޖުނުބުވެރިޔާ އަށް ޤުރްއާނުގައި ބީހުން އަދި އުފުލުމާއި ބަލައިން އަދި ހިތުން ކިޔެވުންވެސް ހުއްދަވެގެން ނުވެއެވެ. މިއީ 4 މަޛްހަބުގެ ޢިލްމުވެރިންގެ ވެސް ރަޢުޔެވެ. ވީމާ ޖުނުބުވެރިޔާއަށް ޤުރްއާނުގެ އެންމެ އާޔަތެއް ކިޔެވުންވެސް ހުއްދަވެގެން ނުވެއެވެ. ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم  ފާޚާނާއިން ނުކުމެ ވަޑައިގެން ޤުރްއާނުގެ އާޔަތެއް ވިދާޅުވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “ ޖުނުބު ވެރިޔާ ފިޔަވައެވެ. ޖުނުބުވެރިޔާ ޤުރްއާނުން އެންމެ އާޔަތެއްވެސް ނުކިޔަވާށެވެ.“

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ޤުރްއާން މުޞްޙަފްގައި އަތްނުލައި ކިޔެވުން ހުއްދަވެގެންވެއެވެ. ޙައިޞުވެރިޔާއާއި ނިފާސްވެރިޔާއަށް ޤުރްއާން މުޞްޙަފްގައި ބީހުން ނުވަތަ އުފުލުން ހުއްދަވެގެން ނުވެއެވެ. ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ ޤުރްއާން މުޞްޙަފް އުފުލާނަމަ ހުރަހެއް މެދުވެރިކޮށް އުފުލުން ހުއްދަވެގެން ވެއެވެ.

މުޞްހަފްގައި ބީހުމަށް ނުވަތަ އުފުލުމަށް ވުޟޫއު ކުރުމަކީ ވާޖިބެއް ނޫން ކަމަށް ދެކިލައްވަނީ ޡާހިރީމަޒްހަބްގެ ޢިލްމުވެރިންނެވެ. ވީމާ އެބޭކަލުންގެ އަރިހުގައި ޤުރްއާން ކިޔެވުމާއި އުފުލުމާއި ބީހުމަށް ވުޟޫއު ކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަޅުގަނޑުމެން ބަލަންވާނީ ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔަށެވެ. އެހެނީ އެއީ އެންމެ ރާޖިހު ގޮތެވެ. އަދި ޤުރްއާނަށް އަދަބުވެރިވުމުގެ ގޮތުން އެއީ އެންމެ ރައްކާތެރި މޮޅުގޮތެވެ.

ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން  ސާފުޠާހިރު ވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލޯބިކުރައްވައެވެ. އެކަލޭގެފާނު ޙަދީކުރައްވާފައިވެއެވެ. «إِنِّي كَرِهْتُ أَنْ أَذْكُرَ اللَّهَ عَزَّ وَجَلَّ إِلَّا عَلَى طُهْرٍ أَوْ قَالَ: عَلَى طَهَارَةٍ» [رواه أبو داود في سننه برقم: (17) وصححه الألباني في صحيح أبي داود برقم: (13)]

މާނައީ: “ހަމަކަށަވަރުން ޠަހާރަތުގެ މަތީގައި ހުންނަވައިގެން މެނުވީ ﷲ ހަނދުމަކުރުމަށް ތިމަންކަލޭގެފާނު ނުހުރުންތެރިވެވަޑައިގަތީއެވެ.”

ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން ދަތް އުނގުޅުމަކީ ވެސް ސާފުޠާހިރުވުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކެވެ. ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން ދަތްސާފުކުރުމަކީ ވާޖިބެއް ނޫނެވެ. އެއީ މުސްތަޙައްބު ކަމެކެވެ. އެއީ އަދަބުވެރިވުމުގެ ގޮތުން ކުރުން އެދެވިގެންވާ ކަމެކެވެ.

 

  1. އިޚްލާސްތެރި ނިޔަތަކާއިއެކު ޤުރްއާން ކިޔެވުން.

ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ ރަސޫލާ صلى الله عليه وسلم  ހަދީޘު ކުރެއްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ. { ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. ކޮންމެ އިންސާނަކަށްވެސްވަނީ އެމީހަކު ނިޔަތްގަތް ކަމެކެކެވެ. }“ (ޞަޙީހްބުޚާރީ 1907 ) (މުސްލިމް 155 ).

ކީރިތި ޤުރްއާން ކިޔެވުމުގައި އިޚްލާޞްތެރި ނިޔަތަކާއިއެކު ކިޔެވުމަކީ ޤުރްއާނަށް އަދަބުވެރިވުމުގެ ގޮތުން ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. އެ ޤުރްއާނަކީ އަޅުގަނޑުމެން އެއްވެސް ޙާލެއްގައި، މީހަކަށް ދައްކަން ނުވަތަ ތިމާގެ ހުރި މޮޅުކަން މީސްތަކުންނަށް  ދައްކަން ކުރާ ކަމަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެން ޤުރްއާން ކިޔަވަންވާނީ ﷲ އަށްޓަކައި ކުރާ އަޅުކަމެއްގެ ގޮތުގައެވެ. ޘަވާބާއި ދަރުމަ ހޯދުމުގެ ނިޔަތުގައެވެ.

  1. ކީރިތި ޤުރްއާން ކިޔެވޭ ހިނދު ކަނުލައި އަޑުއެހުން.

ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެ ޤުރްއާން ކިޔެވޭ ހިނދު ކަނުލައި އަޑުއެހުމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި އަމުރުކުރައްވާފައެވެ. ﷲ ތަޢާލާ އަލްއަޢުރާފް ސޫރަތުގެ 204 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ”( وَإِذَا قُرِئ َالقُرآنُ فَا ستَمِعُو لَهُ وَأَنصِتُو ا لَعَلَّكُم تُرحَمُون ) “ . ( الأعراف ٢٠٤ ) މާނައަކީ “ އަދި ޤުރްއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.“

ވީމާ ޤުރްއާން ކިޔަވާހިނދު ކަނުލައި އަޑުއެހުމަކީ ކީރިތިޤުރްއާނަށް އަދަބުވެރިވުމުގެ އިތުރުން ﷲ ތަޢާލާގެ އަމުރުފުޅަކަށް ކިޔަމަންވުމުގެ ގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ.  އެ ޤުރްއާން ކިޔެވޭ ހިނދު ބީރު ކަންފަތް ދީ ބޭކާރު ވާހަކަތައް ދެއްކުމަކީ ﷲގެ އަމުރުފުޅަކަށް ކިޔަމަން ނުވުމުގެ އިތުރުން ޤުރްއާނަށް އަދަބުވެރި ނުވުމެވެ. އަދި ޤުރްއާނަށް ކުރެވޭ އިހާނާތެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަމީހުންނަށް ފަރުވާކުޑަކުރެވޭ ކަމެކެވެ. ޓީވީ ނުވަތަ ސްޕީކަރ ނުވަތަ އެހެންވެސް ވަސީލަތަކުން ގޭގައި ޤުރްއާން ޖަހާފައި ޤުރްއާނުގެއަޑަށް ސަމާލުކަން ނުދީ، ވާހަކަދައްކަން ތިބޭތަން ވެސް ފެނެއެވެ. އަދި ހަމައެފަދައިން ޤުރްއާން ކިޔަވައިދޭ ކުލާސްތަކަށް ބަލައިލި ކަމުގައިވިޔަސް  ދަރިވަރުން ކިޔަވަމުން ދާވަގުތު، ދެން ތިބޭ ދަރިވަރުން ބޭކާރު ކަންކަން ކުރުމާއި، ބޭކާރު ވާހަކަދައްކައި ހެދުމަކީ ވަރަށް ޢާންމު ކަމަކަށްވަނީ ވެފައެވެ. މިއީ ހަމަ އަޅުގަނޑުމެންނަށް ޤުރްއާނުގެ މާތްކަމާއި މަތިވެރިކަމާއި އަޑުއެހުމުން ލިބޭ ދަރުމައާއި ޘަވާބު ތަސައްވަރު ނުކުރެވި ނުވަތަ ނޭނގުމުގެ ސަބަބުން ނުވަތަ ހިތުގައި ކީރިތި ޤުރްއާނަށް އޮންނަންވާ ފުރިހަމަ ލޮތްބާއި ޤަދަރު ކުޑަވުމުގެ ސަބަބުން ނޭނގި ނަމަވެސް ޤުރްއާނަށް ކުރެވޭއިހާނެތެކެވެ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَـٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ ﴿٢٦﴾ فَلَنُذِيقَنَّ الَّذِينَ كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا يَعْمَلُونَ ﴿٢٧﴾ [سورة فصلت] މާނައީ: “ކާފިރުވި މީހުން ބުންޏެވެ. ތިޔަބައިމީހުން މި ޤުރުއާން އަޑުނާހާށެވެ! (އަދި ޤުރުއާން ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ! [26] ފަހެ، ހަމަކަށަވަރުން ކާފިރުވި މީހުންނަށް ތިމަންއިލާހު ގަދަވެގެންވާ ޢަޛާބުގެ ރަހަ ދައްކަވާ ހުށީމެވެ. އަދި ހަމަކަށަވަރުން އެއުރެން ކޮށްއުޅުނު ނުބައި ޢަމަލުތަކަށް ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ. [27]”

އޮންލައިންކޮށް ކިޔަވާ ޤުރްއާން ކުލާސްތަކުގައި އެކުއްޖަކު ކިޔަވައި ނިމުމުން މިއުޓްކުރުމަށް ފަހު ކޮންމެސް އެހެން ކަމެއްގައި މަޝްޢޫލުވެއެވެ. ގޭގެ މަސައްކަތެއްގައެވެ. ނުވަތަ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ފަދަ ސޯޝަލްމީޑިއާ ޕްލެޓް ފޯމްތަކަށް ވަދެއެވެ. މިއީ ޤުރްއާން ކިޔަވާ ކުލާހެއްގައި ހާޒިރުވެ ތިބި ނަމަވެސް އަދި އޮންލައިންކޮށް ކިޔެވި ކަމުގައިވިޔަސް ދަރިވަރުންގެ ޢަމަލުތައް ހުންނަންވާނެ ގޮތެއް ނޫނެވެ. ކީރިތި ޤުރްއާނުން މިންވަރެއް ކަނުލައި އަޑުއަހައިލަން އެވަގުތު ކޮޅުވެސް މަޑުކޮށްނުލެވެނީ އެއީ ހަމަ އެފޮތަށް އޮންނަ ލޮތްބެއްގެ ބޮޑުކަމުން ތޯއެވެ؟ ނޫންނަމަ އިރުކޮޅަކު އަޑުއަހައިލަން މަޑުކޮށްލުމުން އާފުރި ނިދިއަންނަނީ ހަމަ އެފޮތް އަޑުއަހައި ހިތްވާލެއް ބޮޑުކަމުންތޯއެވެ؟ އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެން އެންމެ ލޯބިވާކަމަށް ދަޢުވާކުރާ ފޮތް ޤުރްއާނުގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން އަމިއްލަ ނަފްސާއި ސުވާލުކޮށް އަޅުގަނޑުމެންގެ ދަރިންނަށްވެސް ބުނެދީ އިޞްލާޙް ކުރަން ޖެހޭ ކަންކަމެވެ.

ޤުރްއާން ކިޔެވޭހިނދު ކަނުލައި އަޑުއެހުމަށް ﷲ ވަޙީކުރައްވައި އަމުރު ކުރައްވާފައިވަނީ އަޅުގަނޑުމެންނަށް ރަޙުމަތް ލެއްވުމައްޓަކައެވެ. އެކަލާނގެ ރަޙުމަތުން ބޭރު ކުރެވިފައިވާ ބަޔަކަށް އަޅުގަނޑުމެންވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.  އަދި ކާފިރިވިމީހުންގެ ބަސްތަކުންނާއި ޢަމަލުތަކުން އަޅުގަނޑުމެން ދުރުކުރަށްވާށިއެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް ވެސް ﷲ ގެ ރަޙްމަތް ލެއްވުމެވެ.

128 thoughts on “ކީރިތި ޤުރްއާނަށް އަދަބުވެރިވުން 2 ވަނަބައި

  1. Pingback: tadalafil
  2. Pingback: cialis sale
  3. Pingback: sanofi cialis otc
  4. Pingback: viagra 200
  5. Pingback: name brand cialis
  6. Pingback: sildenafil citrate
  7. Pingback: generic viagra
  8. Pingback: sildenafil prices
  9. Pingback: flagyl solubility
  10. Pingback: lasix cirrhosis
  11. Pingback: tab rybelsus 14 mg
  12. Pingback: uk rybelsus
  13. Pingback: gabapentin terapia
  14. Pingback: metronidazole siam
  15. Pingback: uti bactrim
  16. Pingback: diltiazem er 120mg
  17. Pingback: hyponatremia ddavp
  18. Pingback: buspar depression
  19. Pingback: robaxin 250 mg
  20. Pingback: acarbose ki
  21. Pingback: what is abilify
  22. Pingback: synthroid sizes
  23. Pingback: ivermectin cream
  24. Pingback: vardenafil prices
  25. Pingback: ivermectin 0.2mg
  26. Pingback: trimox peru
  27. Pingback: generic flagyl
  28. Pingback: lisinopril alcohol

Comments are closed.